
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެ މަރުކަޒުތަކުގެ ބިމު އަޑީގެ ބިންގަރާސްތަކުގައި ބިނާ ކޮށްފައިވާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަން ދޭހަވާ ޖާސޫސީ ރިޕޯޓެއްގެ މަޢުލޫމާތު ލިބިފައިވާ ކަން އެމެރިކާގެ ނޫހެއް ކަމުގައިވާ ދި ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓު ކޮށްފިއެވެ. އެ ނޫހުން މި ކަން ހާމަކޮށްފައި ވަނީ، އެމެރިކާ ސަރުކާރުގެ އޮފިޝަލުންގެ މެދުގައި ހިއްސާ ކުރަމުންދާ ޖާސޫސީ ރިޕޯޓުގައި ހިމެނޭ މަޢުލޫމާތު ލިބިފައިވާ ހަތަރު މަޞްދަރަކާ ޙަވާލާދީއެވެ. ޔަހޫދީންނާ ބައިވެރިވެ، އެމެރިކާއިން އީރާނަށް ބޮން އަޅާފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އޭގެ ތެރޭގައި، ނަޠާންޛާއި ފޫރްދޫގެ އިތުރުން އަޞްފިހާންގައި ހުންނަ މައި މަރުކަޒުތައް ހިމެނެވެ. ޓްރަމްޕް ވިދާޅުވީ، ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ބޮންތައް ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކުގައި އެ މަރުކަޒުތަކުގެ ބިމު އަޑީގެ ބިންގަރާސްތަކުގައި ބިނާ ކޮށްފައިވާ ހުރިހާ ވަސީލަތްތަކެއް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައެވެ.
ނަމަވެސް، އީރާނުން ދަނީ އެ ތުހުމަތު ދޮގު ކުރަމުންނެވެ. އަދި، އެމެރިކާގެ ޙަމަލާތަކުގައި އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނެތް ކަމުގައި ބުނަމުންނެވެ. މި ކަމާ ގުޅޭ ގޮތުން އީރާންގެ ކަމާގުޅޭ އިދާރާތަކުގެ އިސް އޮފިޝަލުންގެ މެދުގައި ހިއްސާ ކޮށްފައިވާ ސިއްރު މުއާޞަލާތުތަކެއް އެމެރިކާގެ ޖާސޫސުން ވަނީ ހޯދާފައެވެ. ދި ޕޯސްޓުން ބުނީ، އެމެރިކާގެ ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް އީރާނުން ބުނާ ވާހަކަތަކަށް އެމެރިކާގެ ޖާސޫސޫން ހޯދާފައިވާ މަޢުލޫމާތުން ބާރުދޭ ކަމުގައެވެ.
ނަމަވެސް، ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ މަޞްދަރަކުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. އަދި، އީރާންގެ އޮފިޝަލުންގެ މެދުގައި ހިއްސާ ކޮށްފައިވާ މުއާޞަލާތުތަކުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމެނިފައިވުމުގެ ފުރުޞަތު ބޮޑު ކަމަށް ބުނެ، އެމެރިކާގެ ޖާސޫސޫން ހޯދާފައިވާ މަޢުލޫމާތުގެ ސައްޙަކަމާ މެދު ސުވާލު އުފައްދާފައެވެ. ނަމަވެސް، ދި ޕޯސްޓުގައި ޝާއިޢު ކޮށްފައިވާ ރިޕޯޓަކީ، އެމެރިކާގެ ޙަމަލާތަކުގައި އީރަންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ނުވާ ކަމަށް ބާރުދޭ އިތުރު ރިޕޯޓެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުމާ ސުވާލު އުފައްދާ ރިޕޯޓެއް ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.
މި ކަމަށް ބާރުދޭ އެހެން ޖާސޫސީ ރިޕޯޓެއް ވެސް މީގެ ކުރިން ލީކު ކޮށްލާފައިވެއެވެ. އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ ޖާސޫސީ ގޮފި، ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ)ން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ވެސް ބުނެފައި ވަނީ އެމެރިކާގެ ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް މުޅިން ސުންނާފަތި ކޮށްލެވިފައިވާ ކަން ޖާސޫސުންނަށް ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ. ނަމަވެސް، ޓްރަމްޕް އަދިވެސް ވިދާޅުވަމުން ގެންދަވަނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައެެވެ. އަދި، ނިއުކްލިޔަރ ޕުރޮގުރާމު އަލުން ފަށައިގަތުމަށް އީރާނަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ވައިޓް ހައުސުން ވެސް ވަނީ ދި ޕޯސްޓްގައި ޝާއިޢު ކޮށްފައިވާ ރިޕޯޓު ދޮގު ކޮށްފައެވެ. “ބިމުގެ އަޑީގައި ހިނގާފައިވާ ކަމެއްގެ މަޢޫލޫމާތު ނަން ހާމަކޮށްފައި ނެތް އީރާނުގެ އޮފިޝަލުންނަށް އެނގޭނެ ކަމަށް ޤަބޫލު ކުރުމަކީ ކުށްހީއެއް. އެ މީހުންގެ [އީރާންގެ] ނިއުކްލިޔަރ ޕުރޮގުރާމު ވަނީ ނިމިފައި،” ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
