
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިޔަފާރީގެ ދާއިރާއަަށް ކުރިމަތިވެފައިވާ ފިކުރުތަކާއި ބައިނަލްއަޤްވާމީ ސިޔާސީ ގުޅުންތައް ހީނަރުވަމުން ދިޔުމާ ގުޅިގެން ދުނިޔޭގެ މާލީ ނިޒާމުގައި ހުރި މައްސަލަތަކާއި ބާގަނޑުތައް ހާމަވެގެން ދިޔުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގެ އިންޒާރު، މަރުކަޒީ ބޭންކުތަކުގެ އިއްތިޙާދު، ބޭންކް އޮފް އިންޓަރނޭޝަނަލް ސެޓްލްމެންޓްސް (ބީއައިއެސު)ން ކޮށްފިއެވެ. ބީއައިއެސްގެ ވެރިޔާ އަގުސްޓީން ކަރްސްޓެންސް މި ކަން ހާމަކުރައްވާފައި ވަނީ، ދުނިޔޭގެ އިޤުތިޞާދުގެ އަދުގެ ހާލަތު ދިރާސާ ކުރެއްވުމަށް ފަހު ނެރުއްވި ރިޕޯޓެއްގައެވެ. ކަރްސްޓެންސް ފާހަގަ ކުރެއްވި ގޮތުގައި ދުނިޔޭގެ އިޤުތިޞާދަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކެވެ. އޭނާ ވިދާޅުވީ، އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓުޑިޔުޓީ ބޮޑުކޮށް، އެހެން ޤައުމުތަކާ އެކު ފަށާފައިވާ ވިޔަފާރީގެ ދާއިރާގެ ހަނގުރާމައިގެ އިތުރުން އެމެރިކާގެ ވިޔަފާރީގެ ސިޔާސަތުތައް މުރާޖާ ކުރުމާ އެކު ދުނިޔޭގެ އިޤުތިޞާދު ހިނގަމުންދާ ގޮތަށް ނުރަނގަޅު ބަދަލުތަކެއް ގެނުވާފައިވާ ކަމުގައެވެ.
އޭނާ ވިދާޅުވީ، މި ވަގުތު ދުނިޔޭގެ އިޤުތިޞާދު އޮތީ ހައްސާސް ހާލަތެއްގައި ކަމުގައެވެ. އަދި، ކުރިއަށް އޮތީ ދެން ވާނެގޮތް ނޭނގޭ ފަދަ ހާލަތެއް ކަމަށާއި، އެއާ އެކު މާލީ އިދާރާތަކަށް މީހުން ކުރާ އިތުބާރަށް އަސަރު ކުރަމުންދާ ކަމުގައެވެ. މީހުން ސުވާލު އުފައްދަމުންދާ މާލީ އިދާރާތަކުގެ ތެރޭގައި ޤައުމުތަކުގެ މަރުކަޒީ ބޭންކުތައް ހިމެނޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިމްޕޯޓު ޑިޔުޓީ ބޮޑު ކުރުމަށް ޓްރަމްޕް ކުރިން ނިންމެވި ނަމަވެސް، އެ ކަން މި ވަގުތަށް އޮތީ ފަސް ކުރައްވާފައެވެ. ނަމަވެސް، ޖުލައި 9ގައި އަލުން އައު އިމްޕޯޓުޑިޔުޓީގެ ސިޔާސަތަށް އަމަލު ކުރައްވަން ފަށްޓަވާނެ ކަމުގައި ޓްރަމްޕް ވަނީ އިންޒާރު ކުރައްވާފައެވެ. ބީއައިއެސްގެ ރިޕޯޓު ނެރެފައި މި ވަނީ، އެ ސުންގަޑި ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ދާދި ފަހުން ޓްރަމްޕް ވަނީ އެމެރިކާގެ މަރުކަޒީ ބޭންކު، ފެޑެރަލް ރިޒަރވްގެ ވެރިޔާ ޖެރޯމް ޕަވަލަށް ފާޑުވިދާޅުވެ، އޭނާއަކީ “ސްޓުޕިޑް” ނުވަތަ މޮޔަ މީހެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. މި ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މެކްސިކޯގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ކަރްސްޓެންސް ވިދާޅުވީ، ސަރުކާރުތަކާއި އެ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކާ ދެމެދު ޚިޔާލުތަފާތުވުން އުފެދުމަކީ ޢާންމު ކަމެއް ކަމުގައެވެ. ދުނިޔޭގެ މާލީ ނިޒާމާއި އިޤުތިޞާދަށް މި ވަގުތު ކުރިމަވަމުންދާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ވެސް ބީއައިއެސްގެ ރިޕޯޓުގައި އަލިއަޅުވައިލާފައިވެއެވެ. އޭގެ ތެރޭގައި “ޕްރޮޓެކްޝަނިޒްމް” ނުވަތަ ޤައުމުތަކުގެ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ރައްކާތެރި ކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ހުރަސް އެޅުމާއި، “ޓްރޭޑް ފްރެގްމެންޓޭޝަން” ނުވަތަ ހިނގަހިނގައި އޮތް ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމު ރޫޅުމުގެ ކަންބޮޑުވުން އޮތް ކަމުގައި އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މިއާ އެކު، ދުނިޔޭގެ އިޤުތިޞާދާއި ޤައުމުތަކުގެ ޤައުމީ އުފެއްދުންތެރިކަން ކުރިއަރަމުންދާ މިންވަރު އިތުރަށް ހީނަރުވެގެންދާ ކަމުގައި ކަރްސްޓެންސްގެ ރިޕޯޓުގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ދުނިޔޭގެ އާބާދީގެ އުމުރު ދޮށިވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމާއި، މޫސުމީ ބަދަލުތަކުގެ އިތުރުން “ޖިޔޯޕޮލިޓިކްސް” ނުވަތަ ޤައުމުތަކުގެ މެދުގައި އޮތް ދޭދޭ ގުޅުންތަކާއި ބައިނަލްއަޤްވާމީ ގުޅުންތައް ހީނަރުވުމުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ބޮޑު ކަން ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި، ދުނިޔޭގެ އިޤުތިޞާދަށް އަންނަ ލޮޅުންތަކާއި ސިހުންތަކުން އަރައިގަތުމުގެ ޤާބިލުކަން އަދި އެ ފަދަ ލޮޅުންތަކަށް އޮތް ވިލުންވެރިކަން ދަށްވެފައިވާ ކަން ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
