
އިންޓަރ މަޔާމީ އާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ނިޔަލަށް ހަމަވުމުން ވާދަވެރި ލީގެއްގައި ކުޅެން ބޭނުންވާ ކަމަށް ލިއޮނެލް މެސީއާ ހަވާލާދީ އޭނާގެ ގާތް ބައެއް ނޫސްވެރިން ބުނަން ފަށައިފިއެވެ. އާޖެންޓީނާގެ ކެޕްޓަން މި ފަދައިން ބޭނުންވަނީ އަންނަ އަހަރުގެ ޖޫން މަހު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށެވެ. އުމުރުން 38 އަހަރުގެ މެސީ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަނެވެ. ތަށި ދިފާއުކުރަން އޭނާ ތައްޔާރުވާއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެމެރިކާ ލީގުގައި ހުސް ދުވަސްތައް ގިނަ ވުމެވެ. އިންޓަ މަޔާމީއާއެކު އިތުރު އަހަރެއްގައި ކުޅެން ބޭނުންވި ނަމަވެސް މެސީ މިހާރު ނިންމައިގެން ހުރީ އެއްބަސްވުން އައުކުރުމުގެ ކުރިން ވާދަވެރި ލީގެއްގައި ކުޅުމަށް ފަހު އެކަން ކުރުމަށެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި މެސީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއާ ވާހަކަ ދެއްކުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ބާސެލޯނާ އޮތީ މުސާރަ ކުޑަ ކޮށްދޭނަމަ މެސީއަށް ފުރުސަތު ދޭން ތައްޔާރަށެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑް ކަޕުގެ ދެވަނަ ބުރުން މަޔާމީ ވަނީ ކަޓައިފަ އެވެ. އެއީ ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އަތުން 4-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. ޕީއެސްޖީ އަކީ ބާސެލޯނާއަށް ފަހު މެސީ ކުޅުނު ކުލަބެވެ. ނަމަވެސް އެ ކުލަބާއި އޭނާގެ ގުޅުން އެހާ ރަނގަޅު ނުވުމުން މެސީ ޕީއެސްޖީއަށް ދާނެ ކަމަށް ނުބެލެވެ އެވެ.

ޕީއެސްޖީ މެޗަށް ފަހު މެސީ ބުނީ އޭނާ މިހާރު ކުޅެމުންދަނީ 100 އިންސައްތަ ފިޓުވެހުރެ ނޫން ކަމަށާއި، ފިޒިކަލީ އޭނާއަށްވެސް މިހާރު ބައެއް މެޗު ކުޅެން އުނދަގޫތަކެއް ހުންނަ ކަމަށެވެ. އެ ގޮތުން އޭނާ ފާހަގަކުރި އެއް ކަމަކީ އެމެރިކާގައި މެޗުތައް ކުޅެން ދިގު ދަތުރުތަކެއް ކުރަން ޖެހުމެވެ. “ބައެއް މެޗުތައް ކުޅެން އަހަރުމެން ދަތުރު ކުރަން ޖެހޭ ހަތް ގަޑިއިރު ފްލައިޓްގައި. ކުލަބު ވޯލްޑް ކަޕުގައި ކުޅޭ މެޗުތަކަށް އެ ފަދަ ދަތުރުތަކެއް ކުރާކަށް ނުޖެހުނު. އެކަމަކު ލީގު ކުޅެން އެހާ ދިގު ދަތުރުތައް ކުރަން ޖެހުމަކީ ޖިސްމާނީ ގޮތުން ދަތި ކަމެއް،” މެސީ ބުންޏެވެ.
އޭނާ ބުނީ ގިނަ ބަޔަކު ހީކޮށްގެން ތިބީ އިންޓަރ މަޔާމީއަށް ކުލަބު ވޯލްޑް ކަޕުގެ ދެވަނަ ބުރަށްވެސް ނުދެވޭނެ ކަމަށް ކަމަށެވެ. “އެކަމަކު އަހަރުމެން ޔޫރަޕުގެ ޓީމެއް ބަލި ކޮށްފައި ދެ ވަނަ ބުރަށް ދިޔައީ. އެހެންވީމާ އަހަރުމެންގެ ޓާގެޓް ހާސިލް ވެއްޖެ. އެއީ އަހަރުމެން ވިސްނީ ފުރަތަމަ ވެސް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދާން. ދެން ޕީއެސްޖީ އަކީ އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަން. އެ މީހުން އަތުން ތަފާތު ބޮޑުކޮށް ބަލިވެދާނެ ކަމަށް ކުރިން ވެސް ބެލެވުނު،” މެސީ ބުންޏެވެ. އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ މެސީގެ ހަ ވަނަ ވޯލްޑް ކަޕަށެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ ފައިނަލްގައިވެސް ކުޅެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
