
އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އަލުން މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ޖެހިއްޖެއެވެ. އޭނާ އަލުން ޔުނައިޓެޑަށް ދާން ޖެހުނުއިރު ކޯޗު ރުބެން އަމޮރިމްއާ ވަނީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. ހުސްވި ސީޒަނުގެ ފަހު ބައި ލޯނު އުސޫލުން އެސްޓަން ވިލާ އަށް ރަޝްފޯޑް ކުޅެން ޖެހުނީ ވެސް ކޯޗާ މައްސަލަ ޖެހުމުން ޔުނައިޓެޑުން އޭނާ ދޫކޮށްލުމުންނެވެ. އެސްޓަން ވިލާ އަށް ރަޝްފޯޑް ދާއިމީ ކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް 40 މިލިއަން ޕައުންޑް ދީފައި އޭނާ ލައްވައި ދާއިމީ ކޮންޓްރެކްޓްގައި ސޮއިކުރުވާ ވަރުގެ ކުޅުމެއް ރަޝްފޯޑަށް ނުދެއްކުނެވެ. ކުޅުނު 10 މެޗުގައި އޭނާ އަށް ޖެހުނީ އެންމެ ދެ ލަނޑެވެ.
މިހެންވެ ބޮޑަށް ބެލެވެނީ ޔުނައިޓެޑުން އަނެއްކާ ވެސް އޭނާ ލޯނު އުސޫލުން އެހެން ޓީމަކަށް ދޫކޮށްލާނެ ކަމަށެވެ. އުމުރުން 27 އަހަރުގެ ރަޝްފޯޑް ވަނީ ޔުނައިޓެޑަށް 287 މެޗުން 87 ގޯލު ޖަހައިދީފަ އެވެ. އެއީ 10 އަހަރުންނެވެ. އޭނާ ލައްވައި ކުޅުވަން ސްޕޭނުގެ ބާސެލޯނާއިން މި ދޭތެރެއިން ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް މުސާރަ ބޮޑު ވުމާއި އޭނާ ލައްވައި ކުޅުވަން ކުރަން ޖެހޭ ހޭދައާ އަޅާ ބަލާއިރު ރަޝްފޯޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީވެ ބާސެލޯނާ އިން ވަނީ މި ހިޔާކު ދޫކޮށްލާފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
