
ބާސެލޯނާއަށް ބަދަލުވާން ބޭނުންވެފައި ހުރި ސްޕެއިންގެ ފޯވާޑް ނިކޯ ވިލިއަމްސް ބޭނުންވަނީ އޭނާ ރަޖިސްޓަރ ކުރެވޭނެކަމުގެ ޔަގީންކަން ލިޔުމުން ދިނުމަށް ކަމަށް ހުށަހަޅައިފިއެވެ. އުމުރުން 22 އަހަރުގެ ވިންގާ މި ގޮތަށް ބޭނުންވީ ހުސްވި ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވި ކުޅުންތެރިންނަށް ރަޖިސްޓްރޭޝަން މައްސަލަތައް ދިމާވުމުންނެވެ. މި ގޮތުން އެޓޭކިން މިޑްފީލްޑަރު އޮލްމޯ އަށް ބައެއް މެޗުތައް ވެސް ގެއްލުނެވެ. މިފަދައިން ވާން ބޭނުންނުވާތީވެ ނިކޯ ބޭނުންވަނީ އެއްވެސް މައްސަލައެއް ނެތި އޭނާ ރަޖިސްޓަރވާނެ ކަން ބާސެލޯނާއިން އޭނާގެ ކޮންޓްރެކްޓްގައި ލިޔުމަށެވެ.
ނަމަވެސް މިއީ ބާސެލޯނާއިން މި ވަގުތު ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެ ކުލަބުން ވަނީ ނިކޯ ރަޖިސްޓަރ ވާނެ ކަމުގެ ޔަގީންކަން އަނގަ ބަހުން އޭނާ އަށް ދީފަ އެވެ. އަނެއްކޮޅުން އޭނާގެ ކުލަބު އެތްލެޓިކް ބިލްބާއޯއިން ބޭނުންވަނީ ބާސެލޯނާ ނޫން ކުލަބަށް ނިކޯ ވިއްކާލުމަށެވެ. މި ގޮތުން ކުލަބުން ވަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވާން އޭނާ އަށް ހުށަހަޅާފަ އެވެ. ނަމަވެސް ނިކޯ ވިލިއަމްސް ދާން ބޭނުންވަނީ ހަމައެކަނި ބާސެލޯނާ އަށެވެ. އޭނާ އެހެން ކުލަބަކަށް ދިއުމުގެ ފުރުސަތު އޮތީ ބާސެލޯނާ އަށް އޭނާގެ ސޮއި ނުހޯދިއްޖެނަމަ އެކަންޏެވެ.
ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނިކޯ ވިލިއަމްސް ގަތުމަކީ ބާސެލޯނާގެ ވެސް މިހާރުގެ އެންމެ ބޮޑު އަމާޒެވެ. އެކުލަބުގެ އަރިމަތިން ކުޅުވާނެ މޮޅު ކުޅުންތެރިއަކު ހޯދަން ކުރި މަސައްކަތުގައި ބާސެލޯނާއިން ޝޯޓް ލިސްޓު ކުރީ ދެ ކުޅުންތެރިއެކެވެ. އެއީ ނިކޯ އާއި ލިވަޕޫލަށް ކުޅޭ ކޮލަމްބިއާގެ ލުއިސް ޑިއާޒް އެވެ. އުމުރުން 22 އަހަރުގެ ނިކޯ އަކީ ސްޕޭނުގެ ގައުމީ ޓީމުގައި ވެސް މިހާރު އެންމެ ވިދުން ގަދަ އެއް ކުޅުންތެރިޔާ އެވެ. އޭނާ ބާސެލޯނާ އަށް ކުޅެން ޝައުގުވެރިވާ ގިނަ ސަބަބުތަކެއްވެ އެވެ. މީގެ ތެރޭގައި ސްޕޭނުގެ ގައުމީ ޓީމަށް އޭނާއާއެކު ކުޅެމުން އަންނަ ލަމީން ޔަމާލްއާ ދެ މީހުން އެއް ޓީމަކަށް ކުޅެން ބޭނުންވުން ވެސް ހިމެނެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
