
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް ބްރެޒިލްގެ ފުލުމިނެންސޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ފުލުމިނެންސޭ ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ. ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމަށް ހަތްދިހަ ހަތަރު ހާސް މީހުންނަށް ކުޅި ބަލަން ވަދެވޭ ނަމަވެސް މި މެޗު ބަލަން ދަނޑަށް ވަދެފައިވަނީ ވިހިހާސް ތިރީސް މީހުންނެވެ. ގަދަ ހޫނުގައި ކުޅުނު މި މެޗު ފެށުނީއްސުރެ ފުލުމިނެންސޭ އިން ފެނިގެން ގޮސްފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އަދި މެޗުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޖަމަން ކެނޯ ވަނި ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަރިމަތިން ހުރަސް ކުރި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އިންޓަރ މިލާނުގެ ކެޕްޓަން އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އަށް މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުލުމިނެންސޭ އިން ވަނީ ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އެޓީމުގެ ގޯލު ކީޕަރު 40 އަހަރުގެ ފަބިއޯ އެވެ. އަދި ދުވަސްވީ ތަޖުރިބާކާރު ކެޕްޓަން ތިއާގޯ ސިލްވާވެސް އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފުލުމިނެންސޭ އިން އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކުރި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
ފުލުމިނެންސޭ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަރކިއުލެސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. ފުލުމިނެންސޭ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު ބްރެޒިލްގެ ޕަލްމޭރާސް އިން ވެސް ވަނީ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ފުލުމިނެންސޭ އާއި ދެކޮޅަށް ކުޅޭނެ ކްލަބެއް އެނގިގެންދާނީ މިއަދު ސައުދި އަރަބިއްޔާގެ އަލް ހިލާލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.
އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލްގެ ކްލަބްތަކުން ވަނީ ޔޫރަޕްގެ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް އެ ޓީމުތަކަށް ރަގަޅު ނަތީޖާތަކެއް ނެރެވިދާނެކަން ސާބިތުކޮށްދީފަ އެވެ. މި މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ހަތަރު ޓީމުވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ. ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ދެކުނު އެމެރިކާގެ ކްލަބްތަކަށް ރަގަޅު ނަތީޖާތަކެއް މި މުބާރާތުގައި ހޯދިފައިވަނީ އެމެރިކާގެ މޫސުމަށް އެ ކްލަބްތައް ހޭނިފައިވާތީ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
