
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިމިގެންދިޔަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އާންމު ޖަލްސާއަކީ ނޯމަލައިޒޭޝަން ކޮމިޓީން ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތް ކަމަށް އެ ކޮމިޓީގެ މެންބަރު އިސްމާޢީލް ސައިމަން ވިދާޅުވެއްޖެއެވެ. އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއަށްފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސައިމަން ވިދާޅުވީ ނިމިގެން ދިޔަ މަސައްކަތަކީ ނޯމަލައިޒޭޝަން ކޮމިޓީން ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތްކަމަށާ، މިމަސައްކަތަކީ ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީ އާއި ހަވާލުކޮށްފަވާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ގަވާއިދު އިސްލާހުކުރުމާއި، އައު އިންތިޚާބަކަށް މަގުކޮށައިދީ، ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ.
“އަޅުގަނޑު ގަބޫލުކުރަނީ މިއަދު ހަގީގަތުގައި މި ނިމިގެން ދިޔައީ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަންތައް އިނގޭތޯ. އެއީ ފީފާގެ ފަރާތުންވެސް ނޯމަލައިޒްކުރުމުގައި އަޅުގަނޑުމެންނާ ހަވާލުކޮށްފަ ހުރި ކަންތައްތަކުގެ ތެރެއިން ހިންގާ ގަވާއިދު އިސްލާހުކޮށް، އައު އިންތިޚާބަކަށް މަގުކޮށައިދިނުމަކީ ދެކެވިފަ އޮތް އެންމެ މުހިންމު އެއްވާހަކަ” ސައިމަން ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ އެފްއޭއެމްގެ ކޮންގްރެސް ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާއެކުކަމަށެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓިން ހިންގާ ގަވާއިދު އެކުލަވާލުމުގެ ތެރޭގައި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކެއްގެ ކޮމެންޓުތައް ބަލައިގަނެ، އެންމެންގެ ޚިޔާލާއެއްގޮތަށް ހިންގާ ގަވާއިދު އެކުލަވާލުމަށް އިސްކަންދީފައިވާނެކަމަށެވެ.
ހެންވޭރު މީރުމާގައި ކުރިއަށްދިޔަ މި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާރމަން އަހުމަދު މުޢިއްޒުގެ އިތުރުން އެކޮމިޓީގެ މެމްބަރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) ގެ އޮފިޝަލުންވެސް މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒުވެސް ހިމެނިވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
