
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރާއްޖޭގެ ވަޒީފާގެ މާހައުލަށް ބަލާލާއިރު، ގޮތް ނިންމާ މަގާމުތަކުގައި ތިބި އަންހެނުންގެ އަދަދު މަދު ކަމަށާއި، އަންހެނުން ބާރުވެރިކުރުމަށް ޓަކައި ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަކީ މުހިންމު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިފަދައިން ވިދާޅުވީ، ރާއްޖޭގައި އިފްތިތާހު ކުރެވުނު އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްގީއާ ބެހޭ ފޯރަމް (އޭއެފްޕީޕީޑީ)ގެ ޒުވާނުން ބިނާ ކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުން އިފްތިތާހު ކޮށްދެއްވަމުންނެވެ.
ދެ ދުވަހުގެ މި ބައްދަލުވުން މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި އިފްތިތާހުކޮށްދެއްވަމުން، ނާޒިމް ވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވާފައެވެ. އާބާދީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާ ކުރިމަތިލުމަށް، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށް ނާޒީމު ވަނީ ވިދާޅުވެފައެވެ.
“ކަސްޓަމްސް ފަދަ ތަންތަނަށް ބަލާއިރު ގިނައީ އަންހެނުން. އެހެންނަމަވެސް ގޮތް ނިންމާ މަގާމުތައް ތަމްސީލުކުރާ މީހުންގެ އަދަދު ރާއްޖޭގައި ކަންބޮޑުވާ މިންވަރަކަށް މަދު.” ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޮންފަރެންސްގެ މަންދޫބުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން، ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބަލާލާއިރުވެސް 93 ގޮނޑީގެ ތެރެއިން އަންހެނުންނަށް ތަމްސީލުކުރަނީީ އެންމެ ތިން ގޮނޑި ކަމަށެވެ. ނާޒިމް ވަނީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބުރަވެ، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކުގެ ތަސައްވުރެއް ހުށަހަޅުއްވައިދެއްވާފައެވެ. އެގޮތުން، 2054 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީ އެއް މިލިއަނާ ގާތްކުރާނެ ކަމަށް ލަފާކުރެވޭއިރު، އާބާދީގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
“ރާއްޖޭގެ އިންސާނީ ރައުސްމާލަށް ރާއްޖޭގެ ތަރައްގީ ދެމެހެއްޓޭނެ. އެކަން ދެމެހެއްޓެނި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިންސާނީ ރައުސުމާލަށް އިންވެސްޓް ކުރަން ޖެހޭ. ޒުވާނުން، ވަކިން ހާއްސަކޮށް ޒުވާން އަންހެނުންނަށް ތައުލީމާއި ހުނަރާއި ލީޑާޝިޕްގެ ދައުރު ފަހިކޮށްދޭން ޖެހޭ.” ނާޒިމް ވިދާޅުވިއެވެ.
އާބާދީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޓަކައި ހަރުދަނާ ސިއްހީ ފަރުވާއާއި، ނަފްސާނީ ސިއްހަތަށް ސަމާލުކަން ދިނުމާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ސިޔާސަތުތަކެއް އެކަށައެޅުމުގެ ބޭނުންތެރިކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަވާ “ހެޕީނެސް މޯލްޑިވްސް” ޕްރޮގްރާމާއި ގައުމީ ހެޕީނެސް އިންޑެކްސްއަށް ވެސް ނާޒިމް އަލިއަޅުއްވައިލެއްވިއެވެ. އެއީ މިންތީގެ ހަމަހަމަކަން ދެމެހެއްޓުމާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން، ބައިނަލްއަގުވަމީ މިންގަނޑުތަކާ އެއްގޮތަށް އިޖުތިމާއީ ދުޅަހެޔޮކަން ބައްޓަން ކުރެއްވުމަށް ރައީސް ދެއްވާ މުހިންމުކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ގައުމު ކުރިއަރައިގެންދާނީ، މި ސިކުނޑިތައް ގައުމުން ބޭރުވުމުގެ ބަދަލުގައި ގައުމުގައި ހަރުލާނެ ފަދަ މާހައުލެއް ފަހިކޮށްދީގެން. އެކަން ކުރުމުގެ ޒިންމާއަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް،” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތައުލީމީ ނިޒާމާއި ވަޒީފާގެ ފުރުސަތުތަކާއި މާހާއުލާއި، އިގްތިސާދީ ނިޒާމުތައް އިސްލާހުކޮށް، ގައުމުގައި އެފަދަ ހުނަރުވެރި ބޭފުޅުން ހިފެހެއްޓުމަށް ޓަކައި ޝައުގުވެރިވާ ފަދަ މާހައުލެއް އުފައްދައި ދިނުމަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. މި ބައްދަލުވުމުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އޭއެފްޕީޕީޑީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރަކަށް އިންތިހާބްވެ ވަޑައިގަތުމާ ގުޅިގެން ނާޒިމް ވަނީ އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
