
(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
ސްޓެލްކޯގެ މުވައްޒަފުންނަކީ ކަންކަމަށް ގާބިލު އަދި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ހާއްސަ ސިފައެއް ލިބިފައިވާ ބޭފުޅުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ގޮންޖެހުންތަކުން އަރައިގަތުމުގެ ސިފައަކީ ސްޓެލްކޯގެ މުވައްޒަފުންނަށް ލިބިގެންވާ ހާއްސަ ސިފައެއް ކަމުގައި ފަހުމީ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ މުވައްޒަފުންނަށް ލިބިގެންވާ ހާއްސަ ސިފައެއް ގޮންޖެހުން އަރައިގަތުމުގެ ސިފަ. ގޮންޖެހުމަކާ ދިމާވީމާ އެ ގޮންޖެހުމަކުން އަރައިގަތުމުގެ ސިފަ. އެއީ ކަރަންޓު ކެނޑުން ކަމުގައިވިޔަސް އިންޖީނަށް ކަމެއް ދިމާވި ކަމުގައިވިޔަސް އަދި ފެނުގެ ކާރިސާ ހިނގި ކަމުގައި ވިޔަސް އަދި ގައުމަށް ނިކަމެތި ކަމެއް ދިމާވެ ބަޖެޓުގެ ތާށިކަމެއް ދިމާވެ ހަރަދު ކުޑަކުރަން ޖެހުނަސް. އެކަން މިއަދު ފެނިގެން މިދަނީ.” ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ގައުމީ ހިދުމްތަ މެދުނުކެނޑި ދެވޭނީ މުވައްޒަފުން އެކަތިގަނޑަކަށް ހަދައި، ޓްރެއިންކޮށްގެން ކަމަށާއި މި ޓްރެއިން ޕްރޮގްރާމުގެ އެންމެ ބޮޑު މަގްސަދަކީ އެއީ ކަމަށް ފަހުމީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
އެހެންކަމުން ބަޖެޓު ތަންނުދިނަސް އިންހައުސްކޮށް ޕްރޮގްރާމް ފެށުމުން ހަރަދުކުޑަކޮށް މުވައްޒަފުންނަށް މާ ރަނގަޅު ތަމްރީނުތަކެއް ދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“އެހެންވީމާ އަޅުގަނޑު މި ދެންނެވީ މިފަދަ ގޮންޖެހުމެއް ދިމާވީމާ ދެން އަޅުގަނޑުމެން މި ނިންމީ ގޮންޖެހުމުން އަރައިގަންނަން. އަރައިގަނެގެން އަޅުގަނޑުމެން އެއަށްވުރެ އެފީޝިއަންޓުކޮށް އެއަށްވުރެ ރަނގަޅަށް މިކަންތައް ކުރަން.” ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖްމަންޓުން މިފަދަ ހަރުދަނާ ނިންމުމެއް ނިންމައި ތަންފީޒުކުރާތީ ފަހުމީ ވަނީ އެ ކުންފުނީގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
ލިބިފައިވާ ތަޖުރިބާއަކީ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ލިބިފައިވާ އެއްޗެއްކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ ދިމާވާ ކޮންމެ ކަމަކުން ނުވަތަ ގޮންޖެހުމަކުން އަރައިގަތުމުގެ ގާބިލުކަން އެ ކުންފުނީގައި، މުވައްޒަފުންގެ އެބަހުރި ކަމަށެވެ. ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލް މިއަދު އިފްތިތާހުކޮށް، 35 މުވައްޒަފަކަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސަންސް ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
