
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ޙަމަލާދޭން ފެށުމާއެކު ޖެހިގެން އައި ދުވަސްތައް ވެގެން ދިޔައީ އީރާނުގެ ރައްޔިތުންނަށް ބިރުވެރިކަމާއި ނުތަނަވަސްކަން ކުރިމަތި ކުުރުވި ދުވަސްތަކަކަށެވެ. ޔަހޫދީންގެ މިސައިލް އަދި ޑްރޯން ޙަމަލާތައް އީރާނުގެ އެކި ސަރަޙައްދުތަކަށް މެދުކެނޑުމެއް ނެތި ދެމުންދިޔައިރު، އެ ޤައުމުގެ އެތައް ސަތޭކަ މީހުން ވަނީ ޙަމަލާތަކުގައި ޝަހީދުވެފައެވެ. އެތައް ހާސް ބަޔަކު ވަނީ ނުރައްކާ ކުރިމަތިވުމާއެކު ރައްކާތެރިކަން ހޯދުމަށް ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ގޮސްފައެވެ. ނަމަވެސް 12 ދުވަހަށް ހަނގުރާމަ ދެމިގެން ދިޔުމަށް ފަހު، ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ޔަހޫދީންނާއި އީރާނުން މިހާރު ވަނީ އެއްބަސްވެފައެވެ. ކުއްލި ގޮތަކަށް އިޢުލާނު ކުރި އެއްބަސްވުމުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ނުތަަނަވަސްކަމަށް މި ވަނީ ލުޔެއް ލިބިފައެވެ. ޢަދާވާތްތެރިންގެ ޙަމަލާތައް ހުއްޓި އުޑުމަތި ވަނީ ހަމަހިމޭންވެފައެވެ. ލިބުނު ގެއްލުމުން އަރައިގަނެ ޤައުމު އަލުން އާރާސްތުކުރުމުގެ އުއްމީދު ވަނީ އައުވެފައެވެ. އެއާއެކު އީރާނުގެ ރައްޔިތުން ދަނީ ހަނގުރާމަ ނިމުމަކަށް އައުމާއި އީރާނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް މަގުތަކުގައި އުފާ ފާޅު ކުރަމުންނެވެ.
ޔަހޫދީން އީރާނަށް ޙަމަލާދޭން ފެށުމުން ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔަ މީހުން މިހާރު ވަނީ އަނބުރާ އަންނަން ފަށާފައެވެ. އަގުބޮޑުކޮށް ތަންތަން ކުއްޔަށް ހިފައިގެން، ނުވަތަ ކޮންމެވެސް ގާތްތިމާގެ މީހެއް ކައިރީ ހުރުމަށް ދިޔަ މީހުން މިއަދު އިޙްސާސް ކުރަމުން ދަނީ ވަޒަނަށް އަނބުރާ އާދެވުމުގެ އުފާވެރި އިޚްސާސެވެ. އީރާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޝިމާ ބުނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލިކަން އިޢުލާނު ކުރުމުން އޭނާ ވަރަށް އުފާވި ކަމަށެވެ. ހަނގުރާމަ ހުއްޓި، އަނެއްކާ ވެސް ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުނީ ކަމަށް އޭނާ ބުނެފައިވެއެވެ. ޔަހޫދީން ފެށި ހަނގުރާމައަކީ ކުރަން ނުޖެހޭ ހަނގުރާމައެއް ކަމަށް ފާހަގަ ކޮށް އޭނާ ބުނީ އެ ހަނގުރާމައިގެ އަގު އާދާ ކުރަން ޖެހުނީ އީރާނުގެ ރައްޔިތުން ކަމަށެވެ.
ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ކަން އިޢުލާނު ކުރުމުގެ ކުރިން ވެސް ރައްކާތެރި ހިސާބުތަކަށް ދިޔަ ގިނަ ޢަދަދެއްގެ މީހުން ދިޔައީ އެނބުރި ރަށަށް އަންނަމުންނެވެ. ތަންތަން ކުއްޔަށް ނަގަން ޖެހުމުގެ ސަބަބުން މާލީ ގޮތުން އަތްމަތި ދަތިވުމާއި، ތިމާގެ މީހުންގެ ގޭގޭގައި ވެސް ރައްކާތެރިކަން ހޯދުމަށް ގިނަ ޢަދަދެއްގެ މީހުން އެކި ސަރަޙައްދުތަކުން އައިސްފައިވާތީ ތޮއް ޖެހުމުގެ ސަބަބުން ވެސް ގިނަ ބަޔަކު އެނބުރި ގެދޮރަށް އައިސްފައިވެއެވެ. އޭގެ އިތުރުން ޙަމަލާތަކާ ކުރެގިން ކުރިމަތިލުމުގެ ހިތްވަރު ހޯދައިގެން އަނބުރާ އައި މީހުންގެ ޢަދަދު ވެސް މަދެއް ނޫނެވެ.
އީޜާނުގެ ރައްޔިތުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުން ވެސް އަމަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ. ޔަހޫދީންނަކީ އެ ފަދަ އެއްބަސްވުންތަކަށް އަމަލު ކުރުމުގައި ދެމިތިބޭ ބައެެއް ނޫން ކަމަށް ތާރީޚު ހެކިދޭ ކަމަށް ފާހަގަ ކޮށް އީރާނުގެ ރައްޔިތުން ބުނަމުން ދަނީ މި ފަހަރު އެ މީހުން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ދެ ޤައުމުގެ މަސްލަހަތަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ ކަމަށް ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
