
ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ބަޔާން މިއުނިކް އާއި ދެކޮޅަށް ބެންފީކާ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ބެންފީކާ މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ. މި މެޗުން މޮޅުވުމާއިއެކު ގްރޫޕް ސީ ގައި ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ބެންފީކާއަށް ވަނީ އެއްވަނަ މަގާމް ލިބިފަ އެވެ. ބަޔާން މިއުނިކަށް ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމަށް ދެވަނަ ބުރުގެ ފުރުސަތު ލިބިފައިވަނި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ޗާރލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމަށްވެސް ހޫނު ގަދަވުމުގެ ސަބަބުން އެންމެ އެދެވޭ ކުޅުން ދެއްކޭ ގޮތް ނުވެފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނިޓުގައި ބެންފީކާ އަށް ކާމިޔާބު ކޮށްދީފައިވަނީ އެންޑްރިއަސްޝެލްޑެރަޕް އެވެ. މި ލަނޑަކީ ގޯލާއި 15 ޔާޑު ދުރުން އޭނާ ތިރިން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. ބަޔާން މިއުނިކް އިން މި މެޗަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވާތީ އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ މެޗަށް ނިކުތްއިރު އެ ޓީމަށް ހަތް ބަދަލެއް ގެނެސްފަ އެވެ. ނަމަވެސް ދެވަނަ ހާފަށް ނިކުތްއިރު އޭނާ ވަނީ ހެރީ ކޭން އާއި މައިކަލް އޮލިސޭގެ އިތުރުން ޖޯޝުއާ ކިމިޗް ކުޅެން އަރުވާފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބަޔާން މިއުނިކްގެ ކުޅުން ވަރުގަދަކުރި ނަމަވެސް އެ ޓީމަށް ވަނީ ބެންފީކާގެ ކޮޅަށް ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ. މި މެޗު ކުޅެމުންދިޔައިރު ހޫނު ގަދަވުމުގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނަށްވެސް ވަނީ އެކަމުގެ އަސަރުކޮށްފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 23 މިނިޓު ފަހުން މެޗުގެ ރެފްރީ ވަނީ ދެވަނަ ފަހަރަށް ކޫލިން ބްރޭކެއް ދީފަ އެވެ. މި ނަތީޖާ އާއިއެކު ދެވަނަ ބުރުގައި ބެންފީކާ ނިކުންނާނީ ގްރޫޕް ޑީގެ ދެވަނަ ޓީމާއި ދެކޮޅަށެވެ. އަދި ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅޭނީ ގްރޫޕް ޑީ ގެ އެއްވަނަ ޓީމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
