
ހަތް ފަހަރު މަތިން ފްރެންޗް ލީގުގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ އޮލިމްޕިކް ލިއޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފި އެވެ. ފްރާންސް ފުޓްބޯޅައިގެ ފައިނޭންޝަލް ވޮޗްޑޯގް, ޑީއެންސީޖީ އިން ބުނެފައިވާ ގޮތުގައި ލިއޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފައިވަނީ މާލީ ހިސާބުތައް ބެލެހެއްޓުމުގައި އެ ކްލަބުން އިހުމާލުވެފައިވުމުގެ ސަބަބުންނެވެ. ލިއޯން އާއި ދެކޮޅަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި އެ ނިންމުން ދަމަހައްޓާ އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވަނި އިއްޔެ އެވެ. 2002 އާއި 2008 ވަނަ އަހަރާއި ދެމެދު ފްރާންސްގެ ޗެމްޕިއަންކަން ހަތް ފަހަރު މަތިން ހޯދާފައިވާ ލިއޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރިއިރު ނިމިގެންދިޔަ ސީޒަނުގައި ތާވަލުގެ ހަވަނައިގައި އޮވެ ލީގު ނިންމާލުމާއި ގުޅިގެން ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުގެ ފުރުސަތު އެ ޓީމަށް ވަނީ ލިބިފަ އެވެ.
ލިއޯންގެ %77 ހިއްސަ އޮންނަ އެމެރިކާގެ މަހުޖަނެއް ހިންގާ އީގަލް ފުޓްބޯލް ގްރޫޕް އިން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް, ކްރިސްޓަލް ޕެލަސްގެ %43 ހިއްސާ މީގެ އެއް ދުވަސް ކުރިން ވިއްކާލާފަ އެވެ. ކްރިސްޓަލް ޕެލަސްގެ ހިއްސާ އެ ކުންފުނިން ވިއްކާލާފައިވާއިރު މިދިޔަ އޮކްޓޯބަރ މަހު އީގަލް ފުޓްބޯލް ގްރޫޕް އިން ވަނީ 422 މިލިއަން ޕައުންޑުގެ ގެއްލުމެއް އެ ކްލަބަށް ވެފައިވާކަމަށް ބުނެފަ އެވެ. ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފައިވާ މައްސަލަ އެޕީލް ކުރާނެ ކަމަށް ލިއޯން އިން ބުނެފަވާއިރު 2022 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެ ޓީމުންވަނީ ކުޅެފަ އެވެ.
ފްރެންޗް ލީގުގެ ޗެމްޕިއަން ކަން މީގެ ކުރިން ހަ ފަހަރު ހޯދާފައިވާ ބޯޑޯ ވަނީ ބެންކްރަޕްޓް ވުމާއި ގުޅިގެން ދެވަނަ ޑިވިޝަނުން ހަތަރު ވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
