
އެފްއޭއެމްގެ އަސާސީ ގަވާއިދު ފާސްކުރާ މުހިންމު ކޮންގްރެސް އަށް ކުޑަތަން ވެފައިވަނިކޮށް ކްލަބް ގްރީން ސްޓްރީޓްސް އިން އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރަން ނިންމައިފި އެވެ. އެފްއޭއެމުގެ އިންތިހާބުގެ ކޯޅުން ބޮޑުގެ ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮންނަތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ގްރީން ސްޓްރީޓްސް އަކީ މިހާތަނަށް ޓޮމްއާ ދެކޮޅަށް މަސައްކަތް ކުރި އެއް ކުލަބެވެ. ގްރީން ސްޓްރީޓްސްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ ހުކުރު ދުވަހު ބާއްވާ އެފްއޭއެމުގެ ކޮންގްރެސް އާއި ކުރި އަށް އޮތް އެފްއޭއެމުގެ އިންތިހާބުގައި އެ ކުލަބުން ޓޮމް އަށް ތާއީދު ކުރަން ނިންމާފައިވާކަން ފަހުރުވެރިކަމާއެކު އިއުލާނު ކުރާ ކަމަށެވެ.

ދޮޅު އަހަރަށް ފަހު އެ ކުލަބުގެ ނިންމުން ބަދަލު ކުރީ ވަރަށް ގިނަ ގޮތްގޮތަކަށް ވިސްނުމަށްފަހު ދިވެހި ފުޓްބޯޅަ އަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ. “އަހަރުމެން ދެކޭ ގޮތުގައި މިއީ ވަރަށް މުހިންމު ވަގުތެއް އަދި މިއީ އެކުވެރިކަމާއެކު އެންމެން އެކުގައި ކުރިއަށް ދާން ބާރު އަޅަންވީ ވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގްބަލަށްޓަކައި،” ގްރީން ސްޓްރީޓްސްގެ ބަޔާނުގައިވެ އެވެ. ގްރީން އިން މިވީހާ ދުވަހު ތާއީދު ކުރަމުން އައީ އެފްއޭޭއެމުގެ އެންމެ ފަހުގެ ރައީސް ބައްސާމް އަދީލް ޖަލީލަށެވެ. ކޮރަޕްޝަނާއި އެޑްމިނިސްޓްރޭޓިވް މައްސަލާގައި ފީފާއިން އޭނާ ނުވަ މަސް ދުވަހަށް ސަސްޕެންޑް ކުރި ނަމަވެސް މިހާރު އެ ސަސްޕެންޝަން ވަނީ ނިމިފަ އެވެ.
ޓޮމް އަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ވަނަ ފޯވަޑެވެ. އޭނާ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި މޮޅަށް ކުޅެފަ އެވެ. އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ޓޮމް ވަނީ އެފްއޭއެމުގެ ރައީސްކަން ވެސް 2016 ވަނަ އަހަރު ކުޑަ ދުވަސްކޮޅަށްކަށް ކޮށްފަ އެވެ. އެ ފަހަރު އޭނާގެ މަގާމު ގެއްލުވާލީ ބައްސާމްއާއެކު އޮތް ޓީމުގެ ފަރާތުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
