
އާސެނަލްގެ ބްރެޒިލް ފޯވަޑް ގަބްރިއަލް މާޓިނެއްލީ ގަތުމަށް ބަޔާން މިއުނިކުން ބިޑް ކުރަން ތައްޔާރުވެއްޖެ އެވެ. ބަޔާންއިން އޭނާ ގަތުމަށް ބޭނުންވީ އެ ކުލަބުގެ އަރިމަތިން ކުޅޭނެ ހަލުވި ކުޅުންތެރިއަކު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތްތައް ނާކާމިޔާބު ވުމުންނެވެ. ބަޔާންއިން ގަތުމަށް މަސައްކަތް ކުރީ ސްޕޭނުގެ އެތްލެޓިކެ ބިލްބާއއޯގެ ވިންގަ ނިކޯ ވިލިއަމްސް އާއި ލިވަޕޫލްގެ ވިންގަ ކޮލަމްބިއާގެ ލުއިސް ޑިއާޒް އާއި ރެއާލް މެޑްރިޑްގެ ބްރެޒިލް ވިންގަ ރޮޑްރީގޯ އެވެ. ނަމަވެސް މިއިން އެއްވެސް ކުޅުންތެރިއަކު ލިބޭ ގޮތެއް ނުވި އެވެ. ރޮޑްރީގޯ ބަޔާނަށް ދާކަށް ބޭނުމެއްނުވެ އެވެ. ޑިއާޒް ވިއްކާލަން ލިވަޕޫލް ބޭނުމެއްނުވެ އެވެ. ނިކޯ ވިލިއަމްސް ކުޅެން ބޭނުންވާ ހަމައެކަނި ކުލަބަކީ ބާސެލޯނާ އެވެ.
މާޓިނެއްލީ ގަތުމަށް ބަޔާން އިން ބިޑް ކުރަން ތައްޔާރުވާއިރު އިނގިރޭސި މީޑިއާތަކުން ބުނަނީ 20 މިލިއަން ޔޫރޯ ލިބޭނަމަ އޭނާ ވިއްކާލާނެ ކަމަށެވެ. މިއަދަދަކީ ބަޔާނަށް ދޭން މާ އުނދަގޫ އަދަދެއް ނޫނެވެ. ސަބަބަކީ ނިކޯ އާއި ޑިއާޒް ފަދަ ކުޅުންތެރިން ގަތުމަށް 50 މިލިއަން ޔޫރޯ ހޭދަ ކުރަން ވެސް އެ ކުލަބުން ތައްޔާރަށް އޮތުމެވެ. ކޯޗު ވިންސެންޓް ކޮމްޕެނީ ބޭނުންވަނީ ކުރި އަށް އޮތް ސީޒަން ފެށުމުގެ ކުރިން ޓީމުގެ އެޓޭކިން ޑިޕާޓްމަންޓް ވަރުގަދަ ކުރުމަށެވެ. މާޓިނެއްލީ އަށް އޭނާގެ ޝައުގުވެރިކަން ފާޅުކުރިއިރު އާސެނަލް އިން ކުޅުންތެރިޔާ ވިއްކާލާން ބޭނުންވާ ސަބަބުތަކެއް ވެސް ވެ އެވެ. އެއީ ގަވާއިދުން ފުރަތަމަ 11 ގައި ނުކުޅެވުމާއި މާޓިނެއްލީގެ ފަރާތުން ކުރިއެރުން ފެންނަމުންދާލެއް ލަސް ވުމެވެ.
މާޓިނެއްލީ އާސެނަލްއާ ގުޅުނީ 2019 ވަނަ އަހަރު އެންމެ ފަސް މިލިއަން ޔޫރޯ އަށެވެ. އޭގެ ފަހުން މިހާތަނަށް 225 މެޗު ކުޅެފައިފައިވާއިރު އޭނާ އަށް ޖެހިފައިވަނީ އެންމެ 51 ގޯލެވެ. މިއީ ތަފާސް ހިސާބުން ބަލާއިރު އާސެނަލްގެ ކޯޗިން ޓީމުން ހިތްހަމަ ޖެހޭ އަދަދެއް ނޫނެވެ. އަނެއްކޮޅުން ހުސްވި ސީޒަނުގައި އޭނާ ބުނެފައިވަނީ އާސެނަލް ދޫކޮށް ދާން ބޭނުން ނުވާ ކަމަށާއި “މިއީ އަހަރެންގެ ގެ” ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
