
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެޖޭ ވުޒާރާ)
ކުޅިވަރުގެ ދާއިރާއިން އިނގިރޭސިވިލާތާ ގުޅުން ބަދަހިކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯވ އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައިވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދެވިދާނެ ކަންކަމުގެ މައްޗަށެވެ.
މިބައްދަލުވުމުގައި ވަޒިރު ރާފިޢު ވަނީ ރާއްޖޭގެ ކުޅިވަރުގެ ހާލަތު ސަފީރާ ހިއްސާކޮށްދެއްވާފައެވެ. މީގެ އިތުރުން ދާދިފަހުން ފާސްކުރެވުނު ކުޅިވަރު ޤާނޫނަށް ގެނެވުނު ބަދަލުތައްވެސް ވަޒީރު ވަނީ ސަފީރާ ހިއްސާކުރައްވާފައެވެ. އަދި ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ދިވެހި ކުޅިވަރަށް އަންނާނެ ކުރިއެރުން ފާހަގަކުރައްވާ އެކަމާ ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ އެހީއާއެކު ކޯޗުންނާއި ރެފްރީން ތަމްރީނު ކުރުންފަދަ ޕްރޮގްރާމުތައް ރާވާ ހިންގުމަށް މަޝްވަރާކުރެވުނެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ޤައުމެކެވެ. މިގޮތުން ފަންނީ ދާއިރާތަކުން ދިވެހިން ތަމްރީނު ކުރުމުގެ ގިނަ ޕްރިގްރާމުތަކެއް އެޤައުމުން މިހާރުވެސް އަންނަނީ ހިންގަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
