.(ފޮޓޯ ކްރެޑިޓްސް: ކުޅުދުއްފުށި ސިޓީ ކައުންސިލް)
ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 20 އަހަރުން ދަށުގެ 200 މީޓަރު ދުވުމުން ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު ތަފާތު ދައްކާލައި، ރަން މެޑެލް ހޯދައިފިއެވެ. އަންހެން ކެޓެގަރީގެ އެއްވަނަ އަހުނާ ހޯދީ 27.00 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ރިހި މެޑަލް ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު ޝައިހާ އަސްލަމްއެވެ. އޭނާ ރޭސް ނިންމީ 33.69 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ ޖަލާލުއްދީން ސުކޫލުގެ އައިމިނަތު އަމާނީ އަހުމަދެވެ. އޭނާ ރޭސް ނިންމީ 35.75 ސިކުންތުންނެވެ.

.(ފޮޓޯ ކްރެޑިޓްސް: ކުޅުދުއްފުށި ސިޓީ ކައުންސިލް)
20 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ ފިރިހެން ކެޓެގަރީގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސްކޫލުގެ އަޙްމަދު ސައްމާހު އަލީއެވެ. އޭނާ ރޭސް ނިންމީ 25.12 ސިކުންތުންނެވެ. ދެވަނަ ހޯދީ ހަނިމާދޫ ސްކޫލުގެ އަލީ ނާސިލްއެވެ. އޭނާ ރޭސް ނިންމީ 26.99 ސިކުންތުންނެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސްކޫލުގެ އަލީ ރަޔާން އާދަމްއެވެ. އޭނާ ރޭސް ނިންމީ 27.57 ސިކުންތުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅުދުއްފުށި ސިޓީ ކައުންސިލް)
17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީގެ އެއްވަނަވެސް ހޯދީ ޖަލާލުއްދީނު ސުކޫލުގެ އެތުލީޓެކެވެ. އެގޮތުން އެ ސުކޫލުގެ މަރިޔަމް މީސާ މުޖުތަބާ ވަނީ 32.88 ސިކުންތުން ރޭސް ނިންމައިގެން ރަންމެޑަލް ހޯދާފައެވެ. މި އިވެންޓުގެ ދެވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ މަރިޔަމް މަލާކް މުހައްމަދެވެ. އޭނާ ރޭސް ނިންމީ 33.79 ސިކުންތުންނެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު އާލާ އަލީއެވެ. އޭނާ ރޭސް ނިންމީ 33.81 ސިކުންތުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅުދުއްފުށި ސިޓީ ކައުންސިލް)
17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން އެއްވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ ސަރާހު ޝަމްސާދުއެވެ. އޭނާ ރޭސް ނިންމީ 25.13 ސިކުންތުންނެވެ. ދެވަނަ ހޯދީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު މާހިލްއެވެ. އޭނާ ރޭސް ނިންމީ 25.50 ސިކުންތުންނެވެ. ތިންވަނަ ހޯދީ މިލަންދަު ސުކޫލުގެ މުހައްމަދު އާއިޒް އަބުދުاللهއެވެ. އޭނާ ރޭސް ނިންމީ 25.92 ސިކުންތުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
