
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކުރުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ދާން ފަށައިފިއެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އީރާނުން ބުނީ، އެ ޤައުމުގެ ގަޑިން މެންދަމުންއަލިވެ 4 ޖެހުމާ އެކު ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދިނުން މެދުކަނޑައިލާފައިވާނެ ކަމުގައެވެ. ނަމަވެސް، އީރާނުން އަދިވެސް ޙަމަލާތައް ދެމުންދާ ކަމުގައި ޔަހޫދީން ތުހުމަތު ކުރެއެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ކަން ޓްރަމްޕް އިޢުލާނު ކުރެއްވުމާ އެކު ދުނިޔޭގެ ބާޒާރަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ގޮތުން ތެލުގެ އަގު %4އިން ދަށަށް ގޮސްފައިވާއިރު، ހިއްސާގެ ބާޒާރުގެ އަގުތައް ވަނީ އުފުލިފައެވެ. އަދި، އެމެރިކާ ޑޮލަރުގެ އަގު ވަނީ ވެއްޓެން ފަށާފައެވެ. ތެލުގެ ބާޒާރުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ބްރެންޓް ކްރޫޑާއި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓް (ޑަބްލިޔުޓީއައި)ގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހިމެނެއެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލަން ނިންމާފައިވާ ކަން އިޢުލާނު ކުރުމާ އެކު، ބްރެންޓްގެ ސާފު ނުކުރާ ފީފާއެއްގެ އަގު ވަނީ %7އިން ދަށަށް ގޮސްފައެވެ. މި ވަގުތު ބްރެންޓްގެ އަގު ހުރީ ފީފާއަކަށް 66.02 އެމެރިކާ ޑޮލަރުގެ ރޭޓުގައެވެ. މީގެ ކުރިން ބްރެންޓްގެ އަގު އެންމެ ބޮޑަށް ވެއްޓިފައި ވަނީ ޖޫން 11ވަނަ ދުވަހުއެވެ. އެ ދުވަހު، %3.6އިންސައްތައިން ބްރެންޓްގެ ފީފާއެއްގެ ވަގު ވެއްޓި، 66.02 އެމެރިކާ ޑޮލަރަށް އެރިއެވެ.
މީގެ އިތުރުން ހިއްސާގެ ބާޒާރުގެ އަގުތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ހިއްސާގެ ބާޒާރުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މިންގަނޑެއް ކަމުގައިވާ އެސްއެންޑްޕީ 500ގެ އަގު ވަނީ %1އިން އުފުލިފައެވެ. މީގެ އިތުރުން، ނެސްޑެކްގެ އަގު ވަނީ %1.3އިން މައްޗަށް ޖެހިލާފައެވެ. އަދި، ވިލާތުގެ ސްޓޮކްސް 600ގެ އަގު ވެސް %1.3ން އުފުލިފައިވާއިރު، ދަތުރުފަތުރާއި އެއަރލައިންތަކުގެ ދާއިރާގެ ހިއްސާގެ އަގުތައް ވަނީ %4އިން އުފުލިފައެވެ.
މީގެ އިތުރުން، ތެލާއި ގޭހުގެ ހިއްސާގެ އަގުތައް ވެސް ވަނީ %3އިން މައްޗަށް ޖެހިލާފައެވެ. އޭޝިޔާ-ޕެސިފިކް ސަރަޙައްދުން ޖަޕާން ނޫން އެހެން ޤައުމުތަކުގެ ހިއްސާގެ ބާޒާރުތަކުގައި އަގުތައް %2.2އިން އުފުލިފައިވާ ކަމުގައި ވެސް ތަޖުރިބާކާރުން ބުންޏެވެ. ޖަޕާންގެ ނިކޭގެ އަގު ވެސް ވަނީ %1.1އިން އުފުލިފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ އިޢުލާނު ކުރުމާ އެކު ތެލުގެ އަގު ވެއްޓި، ހިއްސާގެ ބާޒާރުގެ އަގުތައް އުފުލެން ފަށާފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އަލުން ޙަމަލާ ބަދަލު ކުރަން ފަށައިފި ނަމަ ދުނިޔޭގެ ބާޒާރަށް އިތުރު ލޮޅުންތަކެއް އަންނާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އިންޒާރު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
