
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން އީރާނުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ޙަމަލާތަކެއް ދީފައިވާ ކަމަށް ޔަހޫދީން ތުހުމަތު ކޮށްފިއެވެ. ޔަހޫދީ ފައުޖުން ބުނީ އީރާންގެ މިސައިލް ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ކަމުގައެވެ. ޙަމަލާތަކުގެ ބިރާ އެކު އެ ސަރަޙައްދުގައިވާ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު އަޅަމުންދާ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ މީގެ 12 ދުވަސް ކުރިން، ޖޫން 13ވަނަ ދުވަހުއެވެ. އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޔަހޫދީންނެވެ. އޭގެ ރައްދުގައި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވެސް ވަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޔަހޫދީންނަށް ޙަމަލާ ދޭން ފަށާފައެވެ.
މަސްރަހު އިތުރަށް ހޫނުވެގެން ދިޔައީ، ޔަހޫދީންނާ ބައިވެރިވި އެމެރިކާގެ އަސްކަރިއްޔާއިން ވެސް އީރާނަށް ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ޖޫން 22ވަނަ ދުވަހު އެމެރިކާއިން އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށެވެ. އެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ޤަޠަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ ކަން ޖޫން 24ވަނަ ދުވަހު އިޢުލާނު ކުރެއްވީ ޓްރަމްޕެވެ. އޭނާ ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމުގައެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ އެ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި، އީރާން ގަޑިން މެންދަމުންއަލިވެ 4 ޖެހުމަށް ފަހު ޒަޔަނިސްޓުންނަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ނިންމާފައިވާ ކަން އޭނާ އިޢުލާނު ކުރެއްވިއެވެ.
ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުން ބަލައިގަނެފައިވާނެ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް، ޔަހޫދީ ފައުޖުން މިހާރު ބުނަމުން ދަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ވެސް އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދެމުންދާ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން އިރާޤަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު ޖޭމްސް ޖެފްރީ ވިދާޅުވީ، ޓްރަމްޕް އިޢުލާނު ކުރައްވާފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުން އޮޅުންބޮޅުންވާ ފަދަ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވޭ ކަމުގައެވެ. “ފާއިތުވި 50 އަހަރުގެ ތެރޭގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ މި ފަދަ ގިނަ އެއްބަސްވުންތަކެއް ފެނިގެން ދިޔަ. އަޅުގަނޑަށް ވެސް ދޮޅަހަކަށް ވުރެ ގިނަ އެއްބަސްވުން ފެނިއްޖެ. އެއީ، ސާފު ކަމެއް ނޫން. ހުރިހާ ސިފައިންނަށް އަމުރެއް ނުލިބޭނެ. އޭގެ ތާވަލު ވެސް ނޭނގޭނެ،” އޭނާ ވިދާޅުވިއެވެ.
“މި ފަދަ އޮޅުންބޮޅުންވުމަކީ ޢާންމު ކަމެއް، ނަމަވެސް ދަތުރު ކުރަމުން މި ދަނީ ރަނގަޅު މަންޒިލަކަށް ކަން ވަރަށް ސާފު، އަދި އީރާންގެ ޚާރިޖީ ވަޒީރު ވެސް ވަނީ [ޔަހޫދީން ޙަމަލާ ދިނުން ހުއްޓައިލުމުން] އީރާނުގެ ޙަމަލާތައް ވެސް މެދުކަނޑައިލާނެ ކަމުގައި ވިދާޅުވެފައި،” ޖެފްރީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
