
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ދައުލަތުން ދައްކަން ނުޖެހޭ ވަރުގެ ބޮޑެތި އަދަދުތައް ހޯދުމަށް ފޯޖް ލިޔުންތައް ހުށައަޅާފައި ހުރިކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކާކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އޮޑިޓްކުރުމަށް ހުށައަޅާފައިވާ ރިޕޯޓުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހުށައަޅަންޖެހޭ ވަގުތައް މާލީ ބަޔާންތައް ލިބިފައިވަނީ 16 ތަނަކުންކަން ވަނީ ފާހަގަކުރައްވާފައެވެ. 19 ޖޫންއާއި ހަމައަށް އިތުރު 3 ތަނެއްގެ މާލީ ބަޔާން ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް އެސްއޯއީތަކުގެ ތެރެއިން 10 ތަނެއްގެ މާލީ ބަޔާން ލިބިފައިނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.
މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، ބައެއް އެގްރިމަންޓްތައް ބާތިލްކުރާއިރު ދައުލަތުގެ ފަރާތުން ބޮޑެތި އަދަދުތަކެއް ދައްކަންޖެހޭކަމަށެވެ. އަދި އޮޑިޓްކުރަމުންދާއިރު މި ރިޕޯޓްތަކުންވެސް އުނި ކަންކަން ފާހަގަވަމުންދާކަމަށެވެ. އެގޮތުން ކްލެއިމް ކުރެވޭނެ އެންމެ ބޮޑެތި އަދަދުތައް އެގްރިމަންޓްގައި ހިމެނުމަކީ ޤާނޫނަށް ބަދަލު ގެނެސްގެންވެސް ކުރަންޖެހިފައިވާކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވެފައިވަނީ ރިޕޯޓުތަކުން އޮޅުވާލައިގެން ފޯޖް ލިޔުންތައް ހުށައަޅައިގެން ފައިސާ ހޯދާފައިހުރިކަން ރިޕޯޓްތަކުން ދެއްކުމާއި ގުޅިގެންނެވެ.
“ދައުލަތާއި ދެކޮޅަށް ހުށައެޅިފައި ހުރި ބައެއް ކޭސްތަކުގައި އަޅުގަނޑުމެން މިހާރު އޭގެ ރިޕޯޓްވެސް ތައްޔާރުކުރަމުން މިދަނީ އެބަހުރި ހަމަ ފޯޖް ލިޔުންތައް ހުށައަޅާފައިވެސް. އަޅުގަނޑުމެންނަކީ ތަހުގީގީ އިދާރާއެއް ނޫން އެހެންވީމަ ފޯޖްކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ލިޔުންތައް ހުށައަޅައިގެން އެބަހުރި ތަކެއްޗާއި ލިޔުންތައް ދައުލަތައް ފޯރުކޮށްދިންކަމަށް ދައުލަތައް ދައްކައިގެން އޭތި ކްލެއިންކުރަން. އޭގަ އަޅުގަނޑުމެން ބޭންކްތަކުންނާއި އެހެނިހެން އިދާރާތަކުން އޭގެ އަސްލު ޑޮކިއުމަންޓްތަކާއި އަދި އޭގަ ސޮއިކޮށްފައި ހުރިކަމަށް އެ ބުނާ މީހުންނާއި އެމީހުންގެ ބަހެއްވެސް ހޯދައިގެން މިހާރު މި މަސައްކަތްކުރަމުން ދަނީ. މި ދެންނެވިހެން މިހާރުވެސް މަސައްކަތްކުރާ 4 ރިޕޯޓެއްގައި އޭގެއިން 100 މިލިޔަނަށްވުރެ ބޮޑު އަދަދުތަކެއް މިހާރުވެސް ހުށައަޅާފައި އެހުރީ ކްލެއިމްކުރަން.” އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ، މި ރިޕޯޓުތަކުގެ އަލީގައި އެޓާރނީ ޖެނެރަލްއަށް މައްސަލަތައް ކޯޓުގައި ދިފާއުކުރެވޭނެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަމިއްލަ ފަރާތަކުން ދައުލަތައް ދީފައި ހުރި ހިދުމަތަކަށް ފައިސާ ނުދައްކާނަމަ އެ ފައިސާ ދޭންޖެހޭނެކަން ފާހަގަކުރައްވައި އޮޑިޓަރ ޖެނެރަލް ވިދާޅުވީ ފޯޖް ކޮށްގެން މިގޮތައް ލިޔުންތައް ހުށައަޅައިގެން ފައިސާ ހޯދުން ހުއްޓުމަކަށް އަންނަންޖެހޭކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
