
ކުޅުދުއްފުށީ އެއަރޕޯޓްގެ އައު ޒަމާނީ ޕެސެންޖަރ ޓާރމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ ހަފްތާ-14ގައި ހިމަނާފައިވާގޮތަށް، އެންމެ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށްކަމަށެވެ. އެގޮތުން ޓަރމިނަލްގެ ޖާގަ ކުޑަވުމާއި ވަސީލަތްތަކުގެ ދަތިކަމާއި އެއަރޕޯޓް ބޭނުންކުރުމުގައި އާއްމުންގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، ޒަމާނީ ބަދަލުތަކާއެކު މުޅިން އައު ޓަރމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭން މިހާރު ވަނީ އެކުލަވާލާފައެވެ.
ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުޅުދުއްފުށީ އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ލަސްވަމުންދާ ސަބަބާއި ގުޅޭގޮތުން ކުރި ސުވާލަކަށް، ޖަވާބުދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ މަސައްކަތްނުފެށި ލަސްވަނީ ގެންނަންޖެހޭ ބަދަލުތަކާއި ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މަސައްކަތްތައް ނުހުއްޓި ކުރިއަށް ދާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. “އަޅުގަނޑުވެސް ގަބޫލުކުރަން އެންމެ އެދެވޭ ސްޕީޑުގައި ނޫނަސް ކުޅުދުއްފުށީ އެއަރޕޯޓުގެ ހާއްސަކޮށް ޓަރމިނަލްއާއި ފެންސާއި ސެކިއުރިޓީއާއި ގުޅުން ހުރި މަސައްކަތްތައް އެބަ ކުރިއަށްދޭ. އަޅުގަނޑު ދައްނަވާނީ މާ ލަސްތަކެއްނުވެ އެ މަސައްކަތް ފެށޭނެ” ވަޒީރު އަމީން ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއަރޕޯޓަކީ 2018ވަނަ އަހަރު، އޭރުގެ ސަރުކާރު ނިމެން ކުޑަތަންވެފައި ވަނިކޮށް ވަރަށް އަވަސް އަރުވާލައިގެން ނިންމި އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ޚިދުމަތްތައް ޤާއިމުވެފައި ހުރިގޮތުން، ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަނީ ބޮޑެތި ތަކުލީފުތަކާއެކުއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
