
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ދިވެހި ފުޓްބޯޅައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި އަލްމަރްހޫމު އިހުސާން އަބުދުލް ޣަނީ (ސާންތީ ކޯޗު) ގިނަ ބަޔަކު ސިފަކުރަނީ ފުޓްބޯޅައިގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް ސާންތީ ކޯޗަކީ ގައުމީ ޚިދުމަތްތެރިއެއް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ސާންތީ ކޯޗުގެ ހަނދާނުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފެށި މައިލޯ ސްވޭމް ޖޫނިއަރސް 8 އަހަރުން ދަށުގެ ފުޓްބޯޅަ ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޠަލާލް ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރުގެ ނަންފުޅުގައާއި ކުޅިވަރުގެ އެންމެހާ ފަރާތްތަކުގެ ނަމުގައި ސޮކަރ ވެޓެރަންސްއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ސާންތީ ކޯޗުގެ ހަނދާނުގައި ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތެއް އިންތިޒާމުކުރުމުގެ ވިސްނުން ގެންގުޅުއްވައި، ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން މި މުބާރާތް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ބުރަ މަސްއޫލިއްޔަތު އުފުލިކަމަށްޓަކައި ސޮކަރ ވެޓެރަންސްގެ ރައީސްއަށް ޝުކުރު ދަންނަވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ. ޠަލާލް ވިދާޅުވީ ސާންތީ ކޯޗު ޚިދުމަތްކޮށްދިނީ ހަމައެކަނި ފުޓްބޯޅައަށް ނޫން ކަމަށާއި، އޭނާއަކީ ކުޅިވަރަށް ޚިދުމަތް ކުރެއްވި “ރިޕްލޭސް” ނުކުރެވޭ ވަރުގެ ޚިދުމަތްތެރިއެއް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
“ސާންތީ ކޯޗު ރިޕްލޭސް އެއް ނުކުރެވޭނެ. އެއީ އެއަށްވުރެ މާ ބޮޑު މާ އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް. ކުޅިވަރުގެ ކުރިއެރުވުމަށް ގައުމު އެބޭފުޅަކަށް ގޮވާލައިފިނަމަ ނޫނެކޭ ނުބުނާ ބޭފުޅެއް. ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ވަރަށް ބޮޑު ބައިވެރިއެއް. ފުޓްބޯޅައިން ހޯދި ކޮންމެ ރަން މެޑަލްއެއްގެ ހިއްސާދާރެއް” ސާންތީ ކޯޗު ސިފަކޮށްދެއްވަމުން ޠަލާލް ވިދާޅުވިއެވެ. މަލްޓި ސްޕޯޓްސް ގޭމެއްގައި އެންމެ ފުރަތަމަ ރާއްޖެއަށް ރަން މެޑެލް ހޯދައިދިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރީޔޫނިއަންގައި ބޭއްވިއިރު، އޭރުގެ ޗެޕް ޑި މިޝަން އަކީ ސާންތީ ކޯޗުކަން ފާހަގަކުރައްވައި ޠަލާލް ވިދާޅުވީ އެ މުބާރާތުގައިވެސް ސާންތީ ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ކަމަށެވެ.
އޭރު ސާންތީ ކޯޗާއި ވަރަށް ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑަިއގެންނެވި ކަމަށާއިި، ރާއްޖެއިން އެ މުބާރާތަށް ތައްޔާރުވާން ފެށިއިރުން ފެށިގެން ގޮސް މުބާރާތް ނިންމައި، މާލެ އައުމާ ހަމައަށް އެދޭ އެއްވެސް ކަމެއްގައި ސާންތީ ކޯޗު ނޫނެކޭ ބުނެފައިނުވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ. އެހެންކަމުން ސާންތި ކޯޗުގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށް ޠަލާލް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
