
(ފޮޓޯ ކްރެޑިޓްސް: ހަޔަރ އެޑުޔުކޭޝަން މިނިސްޓްރީ)
ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ޚާއްސަ އުޞޫލެއް އެކުލަވާލައި ރާއްޖެއިން ބޭރުގައި އެކޯސްތައް ހިންގުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭއިން ނިންމަވައިފިއެވެ. ރާއްޖޭގައި ހިންގުމަށް ހުއްދަދީފައިވާ ކޯސްތައް އެމްކިއުއޭގެ ހުއްދައަކާ ނުލާ ރާއްޖެއިން ބޭރުގައި ހިންގުމަކީ މަނާކަމެއް ނަމަވެސް މިފަދަ މައްސަލަތައް ފެންމަތިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ކޯސްތައް ރާއްޖެއިން ބޭރުގެ އެކި އިންސްޓިޓިއުޓްްގައި ކުރިއަށް ގެންދިޔުމަކީ މަނާކަމެއްކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެމްކިއުއޭގެ ހުއްދައާ ނުލާ ބައެއް ކޯސްތައް ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް ނަސޭހަތް ދެމުންދާކަމަށާއި މިގޮތަށް ކޯސްތައް ކުރިއަށްގެންދާ ފަރާތްތަކުން އެކަން ނުހުއްޓައިފިނަމަ ފިޔަވަޅު އަޅާނެކަމަށްވެސް ފިޒާނާ ވިދާޅުވިއެވެ.
ފިޒާނާ ވިދާޅުވީ މިފަދަ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބޭރު ޤައުމުތަކުގައި ކޯސްތައް ހިންގުމާ ބެހޭ އުޞޫލެއް އެކުލަވާލާ އެއުޞޫލްގެ ޑްރާފްޓް އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
“އެމްކިއުއޭގެ ހުއްދަ ހޯދައިގެން ކޯސްތައް ހިންގޭނެ މަގު ފަހިވާނެ. ހުއްދަ ނުހޯދާ ގޮތް ނޭގެ ޔުނިވަރސިޓީއެއްގައި ކުރިއަށްގެންގޮސްފިނަމަ މައްސަލަތަކެއް ކުރިމަތިވާނެ. އުޞޫލް ފަރުމާކޮށްފައިވަނީ އެމްކިއުއޭއިން ޤަބޫލުކުރާ ތަންތަނުގައި ކޯސް ހިންގޭ ގޮތަށް.” އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވިއެވެ.
ފިޒާނާ ވަނީ އެމްކިއުއޭގެ ހުއްދައާ ނުލާ ރާއްޖެއިން ބޭރުގައި ކޯސްތައް ކުރިއަށްގެންދާ މައްސަލައިގެ އިތުރުން ސެޓްފިކެޓް ފޯޖުކުރުމުގެ މައްސަލައަށްވެސް އަލި އަޅުވާލައްވާފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ސެޓްފިކެޓް ފޯޖުކޮށްގެން 5 މަައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާކަމަށާއި މިދިޔަ އަހަރު އެފަދަ 9 މައްސަލައެއް ޕޮލިހަށް ހުށަހެޅިކަމަށް ފިޒާނާ ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ޕޮލިހަށް ހުށަހެޅިނަމަވެސް އެ މައްސަލަ ބެލުން ލަސްވާކަމުގެ ކަންބޮޑުވުން ފިޒާނާވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
