
ދުނިޔޭގެ ވިސްލްބްލޯ ކުރާފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާޓް އެގްޒިބިޝަނެއް ހުޅުވައިފިއެވެ. އާޓް ގެލަރީގައި ކުރިއަށްދާ މިއެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ހެޑް އޮފް މޯލްޑިވްސް އޮފީސް، އެންރިކޯ ބޮނިންސެންޔާއެވެ. ވިސްލްބްލޯ ކުރާފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން އާޓް ގެލަރީގައި ބޭއްވި އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ އައު ލޯގޯވަނީ އިފްތިތާހުކޮށްފައެވެ.
މިއައު ލޯގޯ ފަރުމާކުރުމަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 70 ފަރާތަކުން ބައިވެރިވިއެވެ. މީގެ ތެރެއިން ފަނޑިޔާރުންގެ އެންމެ ގިނަ މާކްސް ލިބިގެން އެއްވަނައަށް ދިޔައީ އަހްމަދު ނަބީހް ފަރުމާކުރި ލޯގޯއެވެ. މިރަސްމިއްޔާތުގައި ނަބީހުވަނީ ވީޑިއޯ މެދުވެރިކޮށް ލޯގޯގެ ތައާރަފެއް ހިއްސާކޮށްފައެވެ.

އަރޓް އެގްޒިބިޝަންގައި ވިސްލްބްލޯ ކުރުމަށް އަލިއަޅުވާލާ 12 ކުރެހުމެއް އާންމުކޮށްފައިވެއެވެ. އަދި މި ކުރެހުންތައް ގަތުމުގެ ފުރުސަތު އާންމުންނަށްވަނީ ހުޅުވާލާފައެވެ. މިއެގްޒިބިޝަން މިރޭގެ 10:00 ޖަހަންދެން ކުރިއަށްދާނެއެވެ. މި ރަސްމިއްޔާތުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ރިފްނާ ލަތީފް، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު މާޝާ، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކިޓިވް ޑިރެކްޓަރ އާސިޔަތު ރިޟްވީނާ އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޔޫއެންއޯޑީސީގެ ހެޑް އޮފް މޯލްޑިވްސް އޮފީސް، އެންރިކޯ ބޮނިންސެންޔާވަނީ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކާފައެވެ.

ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ތައާރަފް ކޮށްފައިވާ ވިސްލްބްލޯވަރ ނިޒާމަކީ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކޮށް ޢާންމުކުރުމަށް ހުޅުވާލާފައިވާ ވަރަށް މުހިންމު ދޮރެކެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފަނީ ވަރަށް މަދު ބައެކެވެ. ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަކީ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ލިބޭނެކަން ޔަގީންކޮށްދިން ގާނޫނެކެވެ. އެ ޤާނޫނުގައި ބަޔާންކުރާގޮތުގައި ނޭދެވޭ އަމަލެއް ދައުލަތުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކުން ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެ ކަމުގެ މައުލޫމާތު ކަމާ ގުޅޭ ފަރާތަށް ހުށަހެޅުމަކީ ވިސްލްބްލޯ ކުރުމެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަސް ޚާއްސަކޮށްފައިވަނީ ދުނިޔޭގެ ވިސްލްބްލޯކުރާފަރާތްތަކުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރަނީ ވަޒީފާގެ މާހައުލުގައި ހިނގާ ނޭދެވޭ އަމަލުތައް ރިޕޯޓްކޮށް ވިސްލްބްލޯ ކުރާފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
