
އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެ އެކަން ތަންފީޒުކުރަން ފަށާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ވަގުތު ޖެހުމުގެ އިރުކޮޅެއް ކުރިން އީރާނުން އިޒްރޭލަށް ފުލުފުލުގައި މިސައިލް ހަމަލާތައް ދީ ބަޔަކު މަރާލައިފި އެވެ. އީރާނުން މީގެ ގަޑިއެއްހާއިރު ކުރިން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލި އެވެ. އިޒްރޭލުން ބުނީ އެއީ މަދު އަދަދެއް ކަމަށާއި އޭގެ ނުރައްކަލެއް ނެތް ކަމަށެވެ. އެހެންވެ ބަންކަރުތަކުން މީހުން ނުކުމެ އުޅުނަސް އެންމެ ރަނގަޅު ކަމަށް އެންގި އެވެ.
އެކަމަކު އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ވަނީ އީރާނުން މިސައިލްތަކެއް ފޮނުވާލިކަން އަންގައި އެންމެން އަލުން ބަންކަރަށް ވަންނަން އަންގައިފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި މި ވަގުތު ވެސް އީރާންގެ މިސައިލްތަކެއް އިޒްރޭލަށް ވަނީ ފޮނުވާލައިފަ އެވެ. އަދި އެންމެ ފަހުން ދިން ހަމަލާތަކުގައި ބީރްޝަބައު އިން އަށް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
މިފަހަރު ފޮނުވާލީ ކިތައް މިސައިލް ކަމެއް އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނެެތެވެ. މިހާތަނަށް މިއަދު އިޒްރޭލަށް އީރާނުން ހަތަރު ބުރެއްގެ މަތިން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ. މި ހަމަލާތައް ދީފައި މި ވަނީ ޖީއެމްޓީ ގަޑިން ފަތިހު 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލަން އިޒްރޭލާއި އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ ވިދާޅުވީ އެއްބަސްވުމެއް ނެތް ކަމަށާއި އެކަމަކު އެ ވަގުތުގެ ފަހުން އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ އިޒްރޭލުން އިސްވެ ފެށި އުދުވާނެއް ކަމަށާއި އެހެންވެ އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ރައްދު ނުދޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
