
ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ރޭ ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ސަރަހައްދުގެ ވައިގެ ސަރަހައްދަށް ބުރޫއަރާފައިވާއިރު، ރާއްޖޭގައި ތިބި އަދި އަންނަން ތިބި ޓޫރިސްޓުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ. މި ހަމަލާތަކާ ގުޅިގެން ގަތަރާއި ޔޫއޭއީ އާއި ބަހުރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހައްދު ރޭ ވަނީ ބަންދުކޮށްފަ އެވެ.
ނަމަވެސް، އީރާނުން ހަމަލާދިން ފަހުން، އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއިމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ އިއުލާނުކުރައްވައިފަ އެވެ. އޭގެ ކުރިން، ސަރަހައްދުގައި ވައިގެ ދަތުރުފަތުރުގެ މައި ހަބެއް ކަމަށްވާ، ގަތަރުގެ ވައިގެ ސަރަހައްދު ވަނީ އަލުން ހުޅުވާލައިފަ އެވެ. ނަމަވެސް، އެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމާ އެކު، ގިނަ ފްލައިޓުތަކެއް އެހެން އެއާޕޯޓުތަކަށް ޑައިވާޓްކުރުމުގެ ސަބަބުން، ގިނަ އަދަދެއްގެ ފްލައިޓުތައް ވަނީ ޑިލޭވެފަ އެވެ.
އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ވިދާޅުވީ، މެދިއިރުމަތީގެ ބައެއް ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖޭގައި ވެސް ރޭ ބައެއް ފްލައިޓުތައް ޑިލޭވިޔަސް، މިހާރު ފްލައިޓު އޮޕަރޭޝަންސްތައް އަލުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް، ހުޅަނގުގެ ގައުމުތަކުން މެދުއިރުމަތި ހުރަސްކޮށް ރާއްޖެއަށް އަންނަން ތިބި ޓޫރިސްޓުންނަށް ދިމާވެފައިވާ ހާލަތު ގާތުން ބަލަމުންދާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
