
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައި އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. ޒަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެލުގެ އަގުތަކާއި ރާއްޖޭގެ ފުޑް ސެކިއުރިޓީ އާއި މާލީ ގޮތުން ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކައި ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އަމަލީ ގޮތުން އެމެރިކާއިން ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އެގައުމުން ވަނީ ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ހަމަލާ ދީފަ އެވެ. އެއާ އެކު ގަތަރާއި ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލި އެވެ. ނަމަވެސް، ހާލަތު ބެލުމަށް ފަހު އަނެއްކާ ވެސް ވަނީ ގަތަރާއި ޔޫއޭއީން ވައިގެ ދަތުރުތައް އަލުން ފަށައިފަ އެވެ.
The Government, under the leadership of President Dr @MMuizzu, is actively assessing the impact of the situation in Middle East on our economy, including energy markets, food security, and overall financial stability.
We are working with relevant institutions to closely monitor…
— Moosa Zameer (@MoosaZameer) June 24, 2025
މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލިޑަޝިޕްގެ ދަށުން ކަމާ ގުޅޭ އިދާރާތަކާ އެކު ބޭރުގެ ތެލާއި ވިޔަފާރީގެ މުއާމަލާތްތަކަށް އަންނަ އަގުތައް ބަލައި، ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި ހާލަތު ބެލުމަށް ފަހު، ގެއްލުން ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޒަމީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވެސް ވަނީ ހާލަތު ދިރާސާކޮށް ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެދާނެ ގެއްލުމެއް ދެނެގަންނަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ރޭ ކުޑަ ވަގުތުކޮޅަކަށް ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލި އިރު އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން އުފުލާ އެއާލައިންތައް އޮތް ސަރަހައްދެ އެވެ. ހާއްސަކޮށް ޔޫރަޕްގެ މަންޒިލްތަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދަނީ ގަތަރު އެއާލައިނާއި އެމިރޭޓްސް އިންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
