
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ)
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެެވި ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރުންތަކެއް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުން ފާހަގަކުރުމަށް ސަލްޓަން ޕާކުގައި އެޕާޓީން ރޭވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި، ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެނބުރި ޕާޓީ އާއި ގުޅިވަޑައިގަތުމުން ގެއަށް ވަޑައިގެންނެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
” މިރޭ މިތަނަށް އައިސް ހުންނައިރު އިންތިހާއަށް އަޅުގަނޑު އުފާވޭ. އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި. އަލުން އަނބުރާ ގެއަށް އައުމުން ރަށަށް އައުމުން އެވާ އުފާ އަޅުގަނޑު ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ. ތިބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކުފުޅުގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ. އަދި އެ ޕާޓީން ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވާއިރު، އެމަނިކުފާނު އެޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު 2023 ވަނަ އަހަރުގެ ޖޫންމަހުއެވެ. އަދި އެއަށްފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންނެވި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު ހަމަ އެއަހަރުގެ ޖުލައިމަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް ޕާޓީ އުފައްދައިގެން މިހާތަނަށް އައިއިރު ސިޔާސީގޮތުން ކާމިޔާބީއެއް ލިބިފައިނުވާއިރު، ޕާޓީއަށް 5000 މެމްބަރުންވެސް ހަމަވެފައެއް ނުވެއެވެ.
އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވި ރައީސް ނަޝީދު އެޕާޓީއާ އަލުން ގުޅިވަޑައިގަތީ ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވުމަށް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަޤްޞަދުގައިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަން އިއުލާންކުރެެއްވުމާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ރައީސް ސާލިހު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިހާރުވެސް ގެންދަވަނީ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ނުސީދާކޮށް ކެމްޕެއިންކުރައްވަމުންނެވެ. އޭގެތެރޭގައި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި، ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
