
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން އާންމުންނަށް ބައިވެރިވެވޭނެހެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ. މިނިވަން ދުވަހާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްވެ ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތައް މިހާރު ވަނީ ހާމަކުރައްވާފައެވެ. މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނައިގެން ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށެވެ. އެއީ ރަސްމީ ޖަލްސާއާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާއެވެ.
މީގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތިން ބާއްވާ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ކުރު ފިލްމު ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާންމުންނަށް ހުޅުވާލައިގެން ފޮޓޯގްރަފީ މުބާރާތެއް ވެސް ބާއްވާނެއެވެ. އަދި މީގެ ކުރިންވެސް ބާއްވަމުން އައި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ފުޅަނދު ބުރު މިފަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިހަރަކާތްތަކުގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން، މައިދާނީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ. ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ހަތަރު ސްކޫލެއްގެ އިތުރުން، ސަޤާފީކަންކަމާއި ގުޅޭ ވުޒާރާއިން ބައިވެރިވާނެއެވެ. އަދި ސްކޫލްތަކާއި ގުޅިގެން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިނިވަން ދުވަހާ ގުޅިގެން ސްކޫލްތަކުގެ ކެޑޭޓުން ބާއްވާ މަގުމަތީ ހިނގާލުމެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި ހިނގާލުމަށް މިހާރު ފަރިތަކުރުންތައް ފަށާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިއަހަރަކީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ މިއަހަރު އާންމުކޮށް ބޭނުން ކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ލޯގޯތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ސަޤާފަތާއި ބެހޭ ވުޒާރައިން ދަނީ ކުރައްވަމުންނެވެ. މިނިވަން ދުވަހާއި ގުޅުވައިގެން، ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ތުއްތު ކުދިންނާއި އަދި އާއިލާތަކުގެ ބޮޑު ޝައުޤުވެރިކަމެއް ލިބޭ ހަރަކާތްތަކެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
