
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި އީރާނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެ ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ ޖޫން މަހުގެ 13ވަނަ ދުވަހުއެވެ. އެ ޙަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ. އެއަށްފަހު ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ޙަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ޙަރަކާތެއް ފަށައި، އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ޙަމަލާ ދީފައެވެ.
12 ދުވަހަށް ދެމިގެންގޮސްފައިވާ ޙަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ ރޭވިފައިވާ ގޮތަށް ކަންތައްތައް ކުރިއަށް ގޮސްފި ނަމަ، 12 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާ ހިތްވަރާއި ހިކުމަތް ހުރި ކަމަށްޓަކައި އިރާނާއި ޔަހޫދީ ދައުލަތަށް މަރުޙަބާ ކިޔުއްވަން ބޭނުންވާ ކަމަށެވެ. އުންމީދު ކުރާ ގޮތަށް ކަންތައްތައް ކުރިއަށް ދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އެ ކަމާ ގުޅޭގޮތުން ޔަހޫދީ ދައުލަތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ ރަސްމީ ފަރާތަކުން ވަނީ އީރާނުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވަނީ ޔަހޫދީން ޙަމަލާދިނުން ހުއްޓައިނުލާހާ ހިނދަކު އީރާނުން ޙަމަލާދެމުން ދާނެ ކަމަށް ވިދާޅުވެފައެވެ.
ޢަރާޤްޗީ ވަނީ ޖޫން މަހުގެ 24ވަނަ ދުވަހު އީރާން ގަޑިން ފަތިހު 4 ޖެހުމުގެ ކުރިން ޔަހޫދީން އީރާނަށް ދެމުންދާ ޤާނޫނާ ޚިލާފު ޙަމަލާތައް ހުއްޓާލައިފި ނަމަ، ޙަމަލާތައް ކުރިއަށް ގެންދިޔުމަށް އީރާނުން ގަސްތު ނުކުރާ ކަމަށް ވިދާޅުވެފައެވެ. އެ ވަގުތުން ފެށިގެން މިހާތަނަށް ޔަހޫދީން އީރާނަށް އެއްވެސް ޙަމަލާއެއް ދީފައެއް ނުވެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަރާޤްޗީ ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ ފަހު ނިންމުން އެ ޤައުމުން ފަހުން ނިންމާނެ ކަމަށެވެ. ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޓްރަމްޕް ގުޅުއްވައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ހަމަޖެއްސްވި ކަމަށެވެ. އީރާނުން އިތުރު ޙަމަލާ ނުދޭނަމަ ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ވާހަކަފުޅުން ދޭހަވީ އީރާނާއި ޔަހޫދީން މިހާރު ފަށާފައިވާ އަސްކަރީ ޙަރަކާތްތައް ނިންމުމަށް ދެ ފަރާތަށް ވެސް ވަގުތު ލިބޭނެ ކަަމަށެވެ. ދެ ފަރާތުން ފަށާފައިވާ ކަންކަން ނިމުމަކަށް އައުމުން، މަރުހަލާތަކަކަށް ބަހާލައިގެން ޙަމަލާ ބަދަލުކުރުން ހުއްޓާލާނެ ކަމަށް ބެލެވެއެވެ. އެނގިިފައިވާ ގޮތުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ބެހޭ އެއްބަސްވުމާ ހަމައަށް އައުމަށް އީރާނާއެކު މަސައްކަތް ކުރައްވާފައި ވަނީ ޤަޠަރުގެ ބޮޑުވަޒީރު، ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އައްޘާނީއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
