
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ކުންފުނިތަކުން ތެޔޮ އުފައްދާ މިންވަރު އިތުރު ކޮށް ތެލުގެ އަގުތައް ބޮޑުވިޔަ ނުދީ ހިފަހައްޓާލުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފިއެވެ. ޓްރަމްޕް އެ ގޮތަށް އެދިވަޑައިގެންފައި ވަނީ ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމާ ގުޅިގެން ތެލުގެ އަގު އުފުލިގެންދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ. އެމެރިކާގެ ހަކަތައާބެހޭ އިދާރާއާ މުޚާތަބު ކުރައްވައި ޓްރަމްޕް ވަނީ ތެޔޮ ހޯދުމަށް ތޮރުފާ މިންވަރު މިހާރުން މިހާރަށް އިތުރު ކުރުމަށް ގޮވާލައްވައިފައެވެ. ޓްރަމްޕް މި މޭރުމުން އެ އިދާރާއަށް ހިތްވަރު ދެއްވާފައިވާ އިރު، އެމެރިކާގެ ޙަމަލާއަށް ފަހު ތެޔޮ ލިބުމުގައި މާ ބޮޑު ދަތިތަކެއް ކުރިމަތިވި ކަމަށް ފާހަގަވެފައެެއް ނުވެއެވެ.
ޓްރަމްޕް ވަނީ ތެލުގެ ވިޔަފާރިކުރާ ކުންފިނުތަކުން ތެލުގެ އަގު އުފުލުނަ ނުދިނުމަށް ވެސް ގޮވާލައްވައިފައެވެ. ޙާލަތު ގާތުން ބައްލަވަމުންދާ ކަމަށް ހާމަ ކުރައްވައި، ޓްރަމްޕް އިތުރަށް ވިދާޅުވީ މި ޙާލަތުގައި ތެލުގެ އަގު ބޮޑު ކޮށްފިނަމަ ދުޝްމަނުންގެ މަޅީގައި ޖެހެވުނީ ކަމަށެވެ. ތެޔޮ ހޯދުމަށް ތޮރުފާ މިންވަރު އިތުރު ކުރުމަށް ގޮވާލައްވައި ޓްރަމްޕް ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުން އެމެރިކާގެ ހަކަތައާބެހޭ ވަޒީރު، ކްރިސް ރައިޓް ވަނީ ޓްރަމްޕްގެ އެނގެވުމާ އެއްގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ތެޔޮ ހޯދުމަށް ތޮރުފާ މިންވަރަށް ބަދަލު ގެނައުމަށް ހަކަތައާބެހޭ އިދާރާއަށް ކުރެވޭނީ ކޮންކަމަކާމެދުތޯ ސުވާލު އުފެދެއެވެ. އެމެރިކާއަކީ އެންމެ ގިނަ ޢަދަދަކަށް ތެލާއި ގޭސް އުފައްދާ ޤައުމަށް ވާއިރު، ތެޔޮ ހޯދުމަށް ތޮރުފުމާ ގުޅޭ ނިންމުންތައް ނިންމަނީ އެ ޤައުމުގެ އަމިއްލަ ކުންފުނިތަކުންނެވެ.
އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމާއެކު ބްރެންޓް ތެޔޮ ވިއްކާ އަގަށް ވަނީ ލޮޅުން އައިސްފައެވެ. ނަމަވެސް ޓޭންކަރުތަކުގައި ތެލާއި ގޭސް އަދި ވެސް ދަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ފޮނުވައިދެމުންނެވެ. އެއާއެކު ހަމަ އެ ދުވަހު ހަ އިންސައްތައަށް އުފުލުނު ތެލުގެ އަގު ފަހުން ވަނީ 3 އިންސައްތައަށް ދަށަށް ގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
