
(ފޮޓޯ ކްރެޑިޓްސް: ސީއެންއެން)
ޢަރަބި ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ޙަމަލާ ދޭން ފަށައިފިއެވެ. އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދެކޮޅަށް އެ ޤައުމުން އޮޕަރޭޝަން ބަޝާރަތު އަލް ފަތްޙުގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށާފައިވާ ކަމަށެވެ. އީރާނުން ވަނީ ޤަޠަރާއި ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދީފައެވެ. އީރާނުން ޤަޠަރުގައި ހުންނަ އަލް އުދައިދު އަސްކަރީ މަރުކަޒަށް ކާމިޔާބުކަމާއެކު ތިން މިސައިލް ޙަމަލާ ދީފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. އަލް އުދައިދު އަސްކަރީ މަރުކަޒަކީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ. އެ މަރުކަޒުގައި ގާތްގަނޑަކަށް 10،000 އެމެރިކާ ސިފައިން ޤާއިމުވެ ތިބެއެވެ.
އެެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އީރާނުން މިސައިލް ބޭނުން ކޮށްފައި ވަނީ ޖޫން މަހުގެ 22ވަނަ ދުވަހު އެމެެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ބޭނުންކުރި މިސައިލްގެ ޢަދަދާ އެއް ޢަދަދަކަށެވެ. ނަމަވެސް އީރާނުން ޤަޠަރަށް ޙަމަލާދީފައި ވަނީ ޤަޠަރުގެ އާންމު ރައްޔިތުންނަށް ނުރައްކާ ނުވާނެ ގޮތަށެވެ. އީރާނާއި ޤަޠަރާ ދެމެދު ގާތް ގުޅުމެއް އޮންނައިރު، އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާ ދިނުމުގެ ކުރިން އީރާނުން ވަނީ އެ މަޢުލޫމާތު ޤަޠަރާ ޙިއްޞާ ކޮށްފައެވެ.
ޙަމަލާއަށް ފަހު ނެރުނު ބަޔާނެއްގައި އީރާނުގެ އިންޤިލާބީ ފައުޖުން ބުނީ އެ ޤައުމުގެ ސަރަޙައްދާއި އިސްތިޤުލާލާއި ޤައުމީ ސަލާމަތާ ދެކޮޅަށް ދޭ އެއްވެސް ޙަމަލާއަކަށް އެއްވެސް ޙާލެއްގައި ރައްދު ނުދީ ނުތިބޭނެ ކަމަށެވެ. އެމެރިކާއިން އީރާނަށް ޙަމަލާ ދީފިނަމަ އޭގެ ބަދަލުގައި އެ ޤައުމުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން އަބަދުވެސް ދެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
