
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާ ދެކޮޅަށް އެމެރިކާއިން ވަރުގަދަ ޙަަމަލާއެއް ދީފައިވާ މި ދަނޑިވަޅުގައި ރަޝިޔާގެ ފަރާތުން އީރާނަށް ދޭ އެހީތެރިކަން އިތުރު ކޮށްދިނުމަށް އެދި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ، ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންގެ އަރިހުން އެދިވަޑައިގެންފިއެވެ. ރަޝިޔާއިން އީރާނަށް އެހީތެރިވުމަށް ޚާމަނާއީ އެދިވަޑައިގެންނެވި ސިޓީފުޅު ޕުޓިންއާ ޙަވާލު ކުރެއްވީ އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ މި ވަގުތު ރަޝިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކަމަށް މަސްދަރުތަކުން ބުނެއެވެ. ޕުޓިންއާ ބައްދަލު ކުރެއްވުމަށް ޢަރާޤްޗީ ރަޝިޔާއަށް ވަޑައިތަގީ އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުގެ ދެ ދުވަސް ފަހުންނެވެ. ނަމަވެސް އެ ފަދަ ސިޓީއެއް ލިބިފައިވާ ކަން ރަޝިޔާއިން ޔަޤީން ކޮށްދީފައެއް ނުވެއެވެެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔަހޫދީން ވެސް ވަނީ ޚާމަނާއީ އަވަހާރަކޮށްލުމާ މެދު ވިސްނަމުންދާ ކަމަށް ފާޅުގައި ބުނެފައެވެ. އަދި އީރާނުގެ ވެރިކަން ބަދަލު ކުރަން ބޭނުންވާ ކަމަށް ވެސް ދެ ފަރާތުން ވަނީ ބުނެފައެވެ. އެ ގޮތަށް އަމަލުކުރުމަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށާއި ބޮޑު ހަނގުރާމައެއް ފެށިގެން ގޮސްދާނެ ކަމެއް ކަމަށް ރަޝިޔާއިން ޤަބޫލު ކުރެއެވެ. ޢަރާޤްޗީއާ ބައްދަލު ކުރައްވައި ޕުޓިން ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ޖޫން މަހުގެ 22ވަނަ ދުވަހު ޙަމަލާދީފައި ވަނީ މަޤުބޫލު ސަބަބެއް އަދި އެއްވެސް އަސާސެއް ނެތި ކަމަށެވެ. އެމެރިކާގެ ޙަމަލާގެ ސަބަބުން ދުނިޔެއަށް އިތުރު ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަަށް ވެސް ޕުޓިން ވިދާޅުވެފައިވެއެވެ. މި ޙާލަތުގައި އީރާނުގެ ރައްޔިތުންނަށް އެހީތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ޕުޓިން ދެއްވާފައިވެއެވެ. ނަމަވެސް އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ގުޅޭ ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.
ޕުޓިން ޢަރާޤްޗީއާ ބައްދަލު ކުރެއްވީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގެެއި ލަފްރޮފްއާއި ރަޝިޔާގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިއެއް ކަމަށްވާ ޔޫރީ އުޝަކޮވް އަދި ރަޝިޔާގެ އަސްކަރިއްޔާގެ ޖާސޫސީ އިދާރާގެ އިސްވެރިޔާ، އައިގޮރ ކޮސްޓިޔުކޮވްއާ އެކުގައެވެ. އެ ބައްދަލުވުމުގައި އީރާނުން ގެެއްލުމެއް ނުދެނީސް އެ ޤައުމާ ދެކޮޅަށް ޙަމަލާ ދީފައި ވަނީ އެއްވެސް އަސާސެއް ނެތި ކަމަށް ޕުޓިން ވަނީ ޢަރާޤްޗީގެ އަރިހުގައި ދަންނަވާފައެވެ. އަދި މިހާރު ކުރިމަތިވެފައިވާ ޙާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެއެވެ. އީރާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެއެވެ. ޢަރާޤްޗީ ރަޝިޔާއަށް ވަޑައިގެންނެވީތީ އުފާ ކުރައްވާ ކަމަށާއި ޢަރާޤްޗީގެ ދަތުރުފުޅުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެއެވެ.
އެ ބައްދަލުވުމުގައި ޢަރާޤްޗީ ވަނީ އީރާނުން ޔަހޫދީންނާ ދެކޮޅަށް ޙަމަލާ ދެމުންދަނީ އަމިއްލަ ދިފާޢުގައި ކަމަށް ވިދާޅުވެފައެވެ. ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން އީރާނަށް ދީފައިވާ ޙަމަލާތައް ޕުޓިން ކުށްވެރި ކުރެއްވުމުން އަރާޤްޗީ ވަނީ ޕުޓިންއަށް ޝުކުރު ޢަދާ ކުރައްވައިފައެވެ. ޢަރާޤްޗީ ވަނީ އީރާނުގެ ރޫޙީ ވެރިޔާ އަދި ރައީސްގެ ފަރާތުން ޕުޓިންއަށް ވެދުން ދަންނަވާފައެވެ. ރަޝިޔާ އޮތީ ތާރީޚާއި ބައިނަލްއަޤްވާމީ ޤާނޫނުގެ ރަނގަޅު ފަޅީގައި ކަމަށް ވެެސް ޢަރާޤްޗީ ވިދާޅުވެފައިވެއެވެ. ނަމަވެސް މި ޙާލަތުގައި ރަޝިޔާއިން އީރާނަށް ވާގިވެރިވުމުގެ ގޮތުން ކުރާނީ ކޮން ކަމެއްކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އީރާނާއި ރަޝިޔާއާ ދެމެދު ގާތް ގުޅުމެއް އޮންނައިރު މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައިވެއެވެ. ނަމަވެސް އެ އެއްބަސްވުމުގައި ދިފާޢީ އެއްބާރުލުން ދިނުން ހިމަނާފައެއް ނުވެއެވެ.
އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުގެ ކުރިން ރަޝިޔާއިން ވަނީ ޔަހޫދީންނާއި އީރާނާ ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ތެރެއަށް އެމެރިކާގެ އަސްކަރިއްޔާއިން ވަދެއްޖެނަމަ މުޅި ސަރަޙައްދަށް ލޮޅުން އަންނާނެ ކަމަށާއި މައްސަލަ ވަރަށް ގޯސްވާނެ ކަމަށް ބުނެފައެވެ. އީރާނަށް އެހީތެރިވުމަށް ރަޝިޔާއިން ކޮށްދޭނީ ކޮން ކަންތައްތަކެއްތޯ ނޫސްވެރިމް ސުވާލު ކުރުމުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވީ އީރާނަށް ދޭނެ އެހީތެރިކަން ބަރޯސާ ވަނީ އެ ޤައުމަށް ބޭނުންވާ ކަންކަމުގެ މައްޗަށް ކަމަށެވެ. މައްސަލައަށް ޙައްލެއް ހޯދުމަށް މެދިވެރިއެއްގެ ދައުރު އަދާ ކުރުމަށް ރަޝިޔާއިން ހުށަހަޅާފައިވާ ހުށަހެޅުމަކީ ވެސް އީރާނަށް ކޮށްދެވޭ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރައްވާފައިވެއެވެ.
އެމެރިކާއިން އީރާނަށް ދީފައިވާ ޙަމަލާ ކުށްވެރި ކުރައްވަމުން ޕެސްކޮވް ވިދާޅުވީ މައްސަލައިގެ ތެރެއަށް ވަންނަ ފަރާތްތަކުގެ ޢަދަދު އިތުރުވެފައިވާ ކަމަށާއި އޭގެ ސަބަބުން މެދިއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށެވެ. އެމެރިކާގެ ބައިވެރިވުން ކުށްވެރިކުރައްވައި، އެ ޤައުމުގެ އަމަލުތަކާމެދު ހިތާމަ ކުރާކަން ފާހަގަ ކުރައްވައި ޕެސްކޮވް ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ޙާލަތު ބަލަންޖެހޭ ކަމަށާއި އެ ތަންތަނުގައި ރޭޑިއޭޝަން ލީކުވުން ފަދަ ހާދިޘާއެއް ހިނގާފައިވޭތޯ ބެލުން މުހިންމު ކަމަށެވެ.
ޕެސްކޮވް އިތުރަށް ވިދާޅުވީ އީރާނަށް ޙަމަލާ ދިނުމުގެ ކުރިން އެ ކަމާ ބެހޭ ތަފްޞީލީ މަޢުލޫމާތު ޓްރަމްޕް ޕުޓިންއާ ޙިއްޞާ ކުރައްވާފައި ނުވާ ކަމަށެވެ. ޕުޓިންއާއި ޓްރަމްޕް އެންމެ ފަހުން ދެއްކެވި ވާހަކަތަކުގައި އީރާނާ ގުޅޭ ވާހަކަތައް ތަކުރާރު ކޮށް ދައްކަވާފައިވާ ކަމަަށާއި، އީރާނާ ގުޅޭގޮތުން ރަޝިޔާއިން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޙަމަލާއާ ގުޅޭ ސީދާ މަޢުލޫމާތެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ގައުމީ ތަރައްގީ ޕްލޭންގެ ޑްރާފްޓު ނިންމައި މިހާރު އޮތީ ރިވިއުކުރާ މަރުހަލާގައި”
(ފޮޓޯ ކްރެޑިޓްސް: ނެކްސިއާ މޯލްޑިވްސް) ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ މާސްޓަޕްލޭންގެ ޑްރާފްޓް ނިމި، މިހާރު އޮތީ ރިވިއުކުރުމުގެ...
އާ ކުންފުނިން ބޭސް އެތެރެކޮށް، ރަށްރަށަށް ފޮނުވަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޭސް އެތެރެކުރުމަށް ސަރުކާރުން އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުނިން ރާއްޖެއަށް ބޭސް ގެނެސް، ރަށްރަށަށް...
ދީނަށް ފުރައްސާކުރާ މައްސަލާގައި ހޯދަން އިއުލާން ކުރި ބޫގާ ފުލުހަށް ހާޒިރެއް ނުވި
ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ފުލުހުން އިއުލާނުކުރި އަހުމަދު އާމިރު (ބޫގާ) ކަނޑައެޅި ވަގުތަށް ހާޒިރުވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސޯޝަލް...
ޕީއެންސީއަށް ވޯޓު ދީގެން ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވޭނެ: ސައުދުﷲ
ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއިން ފާހަގަކޮށްފައިވާ ކޮރަޕްޝަނާއި އިހުމާލުގެ ބޮޑެތި މައްސަލަތަކުން ރަށުގެ އަބުރު ސަލާމަތްކުރުމަށް، ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ...
ފެބުރުވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 1.27 ބިލިޔަން...
މިފަހަރުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު 294،876 މީހުންނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ...
