
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ދިން ޙަމަލާއާ ގުޅިގެން އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ ޙަރަކާތް، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން އަނެއްކާ ވެސް ޔަހޫދީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އީރާނުން އެންމެ ފަހުގެ ޙަމަލާތަކުގައި ބޭނުން ކޮށްފައި ވަނީ ތަފާތު ވައްތަރުތަކުގެ ޒަމާނީ މިސައިލާއި ސްމާޓް ޑްރޯނެވެ. އީރާނުގެ އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ ޙަމަލާގައި ޚައިބަރު (ޤަދްރު-އެޗް) މިސައިލް ބޭނުން ކޮށްފައިވާ ކަަމަށާއި ޙަމަލާ ދިނުމަށް މުޅިން އަައު، އާދަޔާ ޚިލާފު އުކުޅުތައް ބޭނުން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ޙަމަލާގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ކާމިޔާބުކަމާއެކު ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ ގޮތުން ޔަހޫދީ ދައުލަތުގެ އުތުރުާއި ދެކުނާއި މެދުތެރޭ ސަރަޙައްދުތަކުގައި ހުރި މުހިންމު ތަންތަނަށް ޙަމަލާ ދީފައިވާ ކަމަށް އިންޤިލާބީ ފައުޖުން ބުނެއެވެ.
އިންޤީލާބީ ފައުޖުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އަސްކަރީ ޙަރަކާތް ކުރިއަށް ގެންދާނީ ޚާއްޞަ އުކުޅުތައް ބޭނުން ކޮށްގެން ކަމަށާއި، ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމުގައި ހުރި ބަލިކަށި ކަންކަން ދެނެގަނެ އެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށެވެ. އަދި އީރާނުގެ ޙަމަލާތައް ދާނީ ދުވަހުން ދުވަހަކަށް ވަރުގަދަވަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ޑްރޯން ޙަމަލާތައް ދިނުން އެންމެ ހިނދުކޮޅަކަށް ވެސް މަޑުޖައްސައި ނުލާނެ ކަމަށާއި ދުޝްމަނުން އަބަދުވެސް އުޅެން ޖެހޭނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް އިީރާނުން ބުނެފައިވެއެވެ.
ޔަހޫދީންގެ ބައެއް ނޫސްތަކުގައި އީރާނުގެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީ ދައުލަތުގެ އެކި ސަރަޙައްދުތަކުގެ މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަަމަށް ބުނެފައިވެއެވެ. ޙަމަލާތަކުގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް ވަނީ ބިންގަރާސްތަކުގައި ހިމާޔަތް ހޯދުމަށް މަޖުބޫރުވެފައެވެ. ކުރިމަތިލުންތައް ފެށިފަހުން ފުރަަތަމަ ފަހަރަށް މެދުކެނޑުމެއްނެތި 35 މިނެޓު ވަންދެން ޙަމަލާ އަންނަ ކަމުގެ ރަނގަބީލު ވަނީ ޔަހޫދީ ރަށްތަކުގައި އިއްވާފައެވެ. އީރާނުގެ ފަހުގެ މިސައިލްތައް ހުއްޓުވުމުގައި ޔަހޫދީ ވައިގެ ދިފާޢީ ނިޒާމު ނާކާމިޔާބުވެފައިވާ ކަމަށް ވެސް ޚަބަރުތަކުގައި ފާހަގަ ކޮށްފައިވެއެވެ.
އެންމެ ފަހުގެ ޙަމަލާތަކުގައި ޚައިބަރު ޝިކަން، ޢިމާދު، ޤަދްރު އަދި ފައްތާޙް-1 މަރުކާގެ މިސައިލް ވެސް އީރާނުން ބޭނުން ކޮށްފައިވާ ކަމަށްވެއެވެ. އެ ޙަމަލާތަކުގައި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ޞަފަދާއި ތަަލުއްދުވައިރާއި ޢަސްޤަލާންއާއި އަސްދޫދާއި ބައިސާންއަށް ގެއްލުންތައް ދީފައިވއެވެ. އަސްދޫދުގެ ހަަކަތަ އުފައްދާ މަރުކަޒަކަށް ޙަމަލާ ދީފައިވާއިރު އެ ޙަމަލާގެ ސަބަބުން ޔަހޫދީ ދައުލަތުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި ވެސްވެއެވެ.
އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް އެ ޤައުމުގެ 400އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަސްކަރީ އިސް ކޮމާންޑަރުންނާއި ނިއުލްލިޔަރ ސައިންސުވެރިން ވެސް ހިމެނެއެވެ. ޙަމަލާތަކުަގައި މިހާތަނަށް މަރުވެފައި ވަނީ ޔަހޫދީންގެ 24 މީހުންނެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
