
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން އީރާނަށް ދިން ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ތެލުގެ އަގުތައް، މުޅި އަހަރުގެ ތެރޭގައި ނުއުފުލޭ މިންވަރަކަށް އުފުލިއްޖެއެވެ. އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ. އެ ދުވަހު އީރާން ގަޑިން މެންދަމުންއަލިވެ 2:30ހާއިރު ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ. އެމެރިކާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ މަރުކަޒުތަކުގެ ތެރޭގައި އަޞްފިހާނާއި، ނަޠާންޛްގެ އިތުރުން ފޫރްދޫގައި ހުރި މަރުކަޒުތައް ހިމެނެއެވެ.
ތެޔޮ އުފައްދާ (އޯޕެކް+)ގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދަނީ އީރާނުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ވަނީ ލޮޅުންތަކެއް އަރާފައެެވެ. ޚާއްޞަ ގޮތެއްގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. ޓްރަމްޕް އީރާނަށް ޙަމަލާ ދިނުމަށް އަމުރު ކުރައްވާފައި ވަނީ ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުންނެވެ. އޭނާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ.
އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުން ބުނީ، ޓްރަމްޕްގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ތެލުގެ އަގު، ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ނުއުފެލޭ މިންވަރަކަށް އުފުލިގެން ގޮސްފައިވާ ކަމުގައެވެ. ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި ބްރެންޓް ކްރޫޑް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓް (ޑަބްލިޔުޓީއައި)ގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހިމެނެއެވެ. ޖޫން 23ވަނަ ދުވަހު ތެލުގެ ބާޒާރުގެ އަގުތަކަށް ބަލައިލާއިރު، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ %1.1އަށް އުފުލިފައެވެ. އެއީ، 0.85 އެމެރިކާ ޑޮލަރުގެ އުފުލުމެކެވެ. ބްރެންޓް ކްރޫޑްގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަގުތު ހުރީ 77.86 އެމެރިކާ ޑޮލަރުގައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓަށް ބަލައިލާއިރު، ތެޔޮ ފީފާއެއްގެ އަގު ވަނީ %1.14 ނުވަތަ 0.84 އެމެރިކާ ޑޮލަރުން އުފުލިފައެވެ. ޑަބްލިޔުޓީއައިގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަގުތު ހުރީ 74.68 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ.
ތަޖުރިބާކާރުން ބުނީ، ބްރެންޓްގެ ފީފާއެއްގެ އަގު 77.86 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައި ވަނީ 81.40 އެމެރިކާ ޑޮލަރަށް އުފުލުމަށް ފަހު ކަމުގައެވެ. އަދި، ޑަބްލިޔުޓީއައިގެ ފީފާއެއްގެ އަގު 74.68ގައި ހިފެހެއްޓިފައި ވަނީ ޖޫން 23ވަނަ ދުވަހު ތެޔޮ ފީފާއެއްގެ އަގު 78.40 އެމެރިކާ ޑޮލަރަށް އުފުލުމަށް ފަހުއެވެ.
މިއީ، ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ބްރެންޓާއި ޑަބްލިޔުޓީއައިގެ އަގު މިހާ މައްޗަށް އުފުލިގެން ދިޔަ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ބޮން އަޅަން ފެށުމާ އެކުގައެވެ. އަދި، މިހާރު އެމެރިކާއިން ވެސް މި ވަނީ ޔަހޫދީން ފަށާފައިވާ ހަނގުރާމައިިގައި ބައިވެރިވެ، އީރާނަށް ޙަމަލާ ދޭން ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
