
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ޔަހޫދީންނާ ގުޅިގެން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ. އެ ދުވަހު އީރާން ގަޑިން މެންދަމުންއަލިވެ 2:30ހާާއިރު އެމެރިކާގެ ބޮންއަޅާ މަތިންދާބޯޓުތަކުން އީރާންގެ ވައިގެ ސަރަޙައްދަށް ވަދެ، ނިރުބަވެރި ޙަމަލާތައް ދިނުމުގެ ކުރިން އެމެރިކާއިން ވަނީ އީރާނަށް އޮޅުވައިލުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި، ޙަމަލާތަކުގެ ކުރިން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ގުއާމަށް ފޮނުވުން ހިމެނެއެވެ.
ނަމަވެސް، އީރާނަށް ދީފައިވާ ޙަމަލާތަކުގައި އެމެރިކާއިން ގުއާމަށް ފޮނުވާފައިވާ މަތިންދާބޯޓުތައް ބައިވެރިވެފައެއް ނުވެއެވެ. އެއީ، އީރާންގެ އިތުރުން ދުނިޔޭގެ ލޮލުގައި އަނދުން އަޅުވައި، އޮޅުވައިލުމަށް ހިންގާފައިވާ އޮޕަރޭޝަނެކެވެ. އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާގެ އަސްކަރިއްޔާގެ ބީ-2 މަރުކާގެ ހަތް ބޮންއަޅާ މަތިންދާބޯޓު ބޭނުން ކުރިއެވެ. އެ އުޅަނދުތައް މިޒޫރީގެ އަސްކަރީ ވައިގެ ބަނދަރަކުން ފުރައިގެން ގުއާމަށް ދަތުރު ކޮށްފައި ވަނީ ސިއްރިޔާތުގައެވެ. މުއާޞަލާތު ކުރުން ވެސް މަދުކޮށެވެ. އަދި، އެ އުޅަނދުތަކަށް ތެޔޮ އަޅައިދީފައި ވަނީ ވައިގެ މަގުން ތެޔޮ އަޅާ މަތިންދާބޯޓުތައް ބޭނުން ކޮށްގެންނެވެ.
ބީ-2 މަރުކާގެ މަތިންދާބޯޓުތައް އީރާންގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ކުރިން ވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ދިފާޢީ ނިޒާމަށް އޮޅުވައިލުމުގެ ގޮތުން އިތުރު ޙަމަލާތަކެއް ދީފައެވެ. އީރާންގެ އަސްކަރީ މަރުކަޒުތަކަށް ޓޯމަހޯކް ކްރޫޒް މިސައިލް ބޭނުން ކޮށްގެން ޙަމަލާތައް ދިނުމަށް އެމެރިކާއިން ބޭނުން ކޮށްފައި ވަނީ އެ ސަރަހައްދަށް ސިއްރިޔާތުގައި ދަތުރު ކޮށްފައިވާ އަސްކަރީ ސަބްމެރިނެކެވެ. ބޭނުމަކީ، އީރާންގެ އަސްކަރީ މަތިންދާބޯޓުތަކަށް ވެސް އޮޅުވައިލުމެވެ.
ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް ބޭނުން ކޮށްގެން އެމެރިކާއިން ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ ތިން މަރުކަޒަކަށް ޙަމަލާ ދީފައެވެ. އެއީ، އަޞްފިހާނާއި، ނަޠާންޛްގެ އިތުރުން ފޫރްދޫގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކެވެ. އެއީ، ރާޑަރަށް ސިއްރިޔާތުގައި ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބީ-2 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން އެމެރިކާއިން މިހާތަނަށް ހިންގާފައިވާ ދެވަނައަށް އެންމެ ބޮޑު އޮޕަރޭޝަނެވެ.
އެ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އެމެރިކާއިން ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި 14 ބޮން ބޭނުން ކޮށްފައިވެއެވެ. އެއީ، ބިމު އަޑީގައި ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތަކަށް ޙަމަލާ ދިނުމަށް ޚާއްޞަ ކޮށްގެން އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރެކެވެ. އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާއިން ހިންގި މުޅި އޮޕަރޭޝަންގައި ޖުމުލަ 125 އަސްކަރީ މަތިންދާބޯޓު ބޭނުން ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
