
އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީގައި ކުލަބު ވޯލްޑް ކަޕުގައި ވާދަކުރެވޭ ފެންވަރު ނެތް ކަމަށް ބްރެޒިލް މަޝްހޫރު ރިވާލްޑޯ ބުނެފި އެވެ. މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެ މިސުރުގެ އަލް އަހްލީއާ އެއްވަރުކޮށް، ދެ ވަނަ މެޗުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން މޮޅުވެ މިއާމީ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. މިހެންވެ ދެ ވަނަ ބުރަށް އެ ޓީމަށް ދެވިދާނެ ކަމުގެ އުއްމީދު ވަނީ ވަރަށް ބޮޑުވެފަ އެވެ. ނަމަވެސް ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން 1999 ވަނަ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ބުނީ އިންޓަ މިއާމީ އަށް ދެ ވަނަ ބުރު ފަހަނަ އަޅައި ކުރި އަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
“ވަކިވަކި ކުޅުންތެރިން އެ މީހުންގެ މޮޅު. އެކަމަކު މުޅި ޓީމަށް ބަލާއިރު މުބާރާތުގައި ވާދަކުރެވޭ ވަރުގެ ފެންވަރެއް މިއާމީގައި ނެތް. އެންމެ ބޮޑު ސަބަބަކީ ޓީމެއްގެ ގޮތުގައި އެ މީހުން ގަދަފަދަ ނުވުން. ޔޫރަޕުގެ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން. އެމެރިކާގެ ފުޓްބޯޅަ އާއި ޔޫރަޕުގެ ފުޓްބޯޅައިގެ ފެންވަރު ވަރަސް ތަފާތު. މި ގޮތުން މިއާމީގައި ޔޫރަޕުގެ ގަދަ ޓީމުތަކާ ވާދަކުރެވޭނެ ފެންވަރެއް ނެތް،” ރިވާލްޑޯ ބުންޏެވެ. އޭނާ އަދި ބުނީ މުބާރާތުގައި އިންޓަ މިއާމީ ކުރި އަށް އަޅާ ކޮންމެ ފިޔަވަޅެއްގެ ޝުކުރު ހައްގުވާނީ އެ ޓީމުގައި ތިބި ސްޕޭނުގެ ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނަށް ކަމަށެވެ.
މިއާމީގައި ބާސެލޯނާ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން މުހިންމު ހަތަރު ކުޅުންތެރިއަކު އެބަ ކުޅެ އެވެ. އެއީ ބާސެލޯނާގެ ކެޕްޓަންކަން ކުރި މެސީ އާއި ސްޕޭނުގެ ދެ ކުޅުންތެރިން ކަމަށްވާ ކުރީގެ ކެޕްޓަން އަދި މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އާއި ޑިފެންޑަޑރު ޖޯޑީ އަލްބާ އާއި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ.

“އިތުރަށް އެ މީހުން އަޅާ ކޮންމެ ފިޔަވަޅެއްގެ ޝުރުކު ހައްގުވާނީ ބާސެލޯނާއިން ދިޔަ ކުޅުންތެރިންނަށް. ސަބަބަކީ އެ މީހުންގެ ތަޖުރިބާ އާއި ހިތްވަރާއި މަސައްކަތުން އެ ޓީމުން ކުރި އަށް ދާތީވެ،” ކުރިން ބާސެލޯނާގެ ކެޕްޓަން ވެސް ކުރި ރިވާލްޑޯ ބުންޏެވެ. ކުލަބު ވޯލްޑް ކަޕުގައި ޔޫރަޕުގެ ޓީމުތަކަށް އެންމެ ބޮޑަށް ދިމާވަމުން އަންނަނީ އެމެރިކާގެ ހޫނު ކަމުގެ މައްސަލަ އެވެ. ނަމަވެސް ރިވާލްޑޯ ބުނީ ނޮކްއައުޓް ސްޓޭޖުގައި ހޫނުގެ ޑިސް އެޑްވާންޓޭޖާ ހުރެ ޔޫރަޕުގެ ޓީމުތައް ކަޓައިގެން ދިއުން ގާތް ނޫން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
