
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު ބްރެޒިލްގެ ޕަލްމޭރާސް އާއި ދެކޮޅަށް އންޓަރ މަޔާމީ ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ޕަލްމޭރާސް އިން އިންޓަރ މަޔާމީ އާއި އެއްވަރުކޮށްފި އެވެ. މި ނަތީޖާ އާއިއެކު ޕަލްމޭރާސް އަށް ވަނީ ގްރޫޕް އޭ ގައި ކުޅުނު ތިން މެޗުން 5 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ. އިންޓަރ މަޔާމީ އަށްވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު ޕަލްމޭރާސް އަށް އެއްވަނަ މަގާމް ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި އިންޓަރ މަޔާމީގެ ޓަޑެއޯ އަލެންޑޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ 65 ވަނަ މިނިޓުގައި ލުއިސް ސުއަރޭޒް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައިވަނިކޮށް މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ޕަލްމޭރާސް އިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޕަލްމޭރާސްގެ ޕައުލީނިއޯ ވަނީ މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން މައުރީސިއޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ނަތީޖާ އާއިއެކު މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ މި ދެ ޓީމެވެ. އެއީ މި ގްރޫޕްގައި ދެން ހިމެނޭ ޕޯޓޯ އާއި އަލް އަހްލޫ ބައްދަލުކުރި މެޗު އެއްވަރުވުމާއި ގުޅިގެންނެވެ.
ދެވަނަ ބުރުގައި އިންޓަރ މަޔާމީ އާއި ދެކޮޅަށް ޕީއެސްޖީ ނިކުންނައިރު ޕަލްމޭރާސް އާއި ދެކޮޅަށް ނިކުންނާނީ ބޮޓަފޮގޯ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
