
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުވެސް އުންމީދަކީ މިދިޔަ އަހަރު ލިބުނު ތަށިތައް ދިފާއުކުރުން ކަަމަށާއި އަޒުމަކީ މިދިޔަ އަހަރު ނުލިބި އޮތް ތަށި މިއަހަރު ހޯދަން މަސައްކަތް ކުރުން ކަމަށް ކުލަބު އެޗްޑީސީގެ ކޯޗު މުހައްމަދު ސާޖިދު ބުނެފިއެވެ. މިމަހުގެ 25 ގައި ފަށާ ވީއޭއެމް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ފަރިތަކުރުންތަކުުގެ ތެރެއިން ޕީއެސްއެމްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު ސާޖިދު ބުނީ އެކުލަބު މިއޮތީ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ވެވެން އޮތް އެންމެ ރަނގަޅަށް ވީއޭއެމް ކަޕަށް ތައްޔާރުވެފައިކަމަށެވެ.
“އަޅުގަނޑުމެން ބަލަނީ އެންމެ ފުރަތަމަ ކަމަކަށް މިދިޔަ އަހަރު ލިބުނު ތަށިތައް ދިފާއުކުރުން، ދެން މިދިޔަ އަހަރު އަޅުގަނޑުމެންނަށް ނުލިބި އޮތް ތަށި ހޯދަން މަސައްކަތް ކުރުން. މީ އަޅުގަނޑުމެންގެ މުޅި ޓީމުގެ އަޒުމަކީ” ސާޖިދު ވިދާޅވިއެވެ. ސާޖިދު ބުނީ މި މުބާރާތް މުހިންމު ވަނީ ލީގާއި ހިސާބަށް ދާންވާއިރަށް ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ފުރުސަތު ލިބޭ މުބާރާތަކަށްވާތީ ކަމަށެވެ. އެހެންކަމު އެ ކުލަބުގެ ކޯޗިން ސްޓާފުންނާއި ކުޅުންތެރިންގެ އެންމެ ބޮޑު ވިސްނުމަކީ އެސޯސިއޭޝަން ކަޕަކީ ލީގަށް ތައްޔާރުވުމުގެ ގޮތުން ކަންކަން ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއް ކަމަށްބަލައިގެން ވީއޭއެމް ކަޕްގައި ކުޅުންކަމަށް ކޯޗު ބުންޏެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯގައި ފަރިތަކުރުމަށް ލިބެނީ ދެ ދުވަސް ނަމަވެސް ޝަކުވާއެއް ނެތި މިދިޔަ އަހަރަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ކޯޗު ބުންޏެވެ. ޓީމު ވަރުގަދަކުރުމުގެ ގޮތުން ގެނެސްފައިވާ ކުޅުންތެރިންނާއި ބެހޭ ގޮތުން ކޯޗު ބުނީ އެއް ކުޅުންތެރިއަކީ މިދިޔަ އަހަރު އިންޑިއާގައި ކުޅެފައިވާ އީރާނުގެ ކުޅުންތެރިއެއް ކަމަށެވެ. އޭނާއަކީ އިންޑިއާގެ ޕްރައިމް ލީގުގައި ޗެމްޕިއަންޓީމުގެ ސެންޓަރ ބްލޮކަރެއް ކަމަށާއި، ދެން ހުރި އައުޓްސައިޑް އެޓޭކަރަކީ ކޮލަމްބިއާގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށް ސާޖިދު ބުންޏެވެ.
ސާޖިދު ބުނީ އޭނާ ކުލަބު އެޗްޑީސީއަށް ކޯޗުކޮށްދޭތާ މިހާރު ތިން އަހަރު ވެއްޖެ ކަމަށާއި، މިވީ މުއްދަތުގެ ތެރޭގައި އެ ކުލަބަކީ ވަރަށް އެކުވެރި ޓީމު ވޯކް ރަނގަޅު ކުލަބެއް ކަމަށް ފާހަގަކުރެވުނު ކަމަށެވެ. އަދި އެޗްޑީސީން ވަރަށް ބޮޑަށް ވޮލީބޯޅަ ކުރިއަރުވަން މަސައްކަތް ކުރާކަން ފާހަގަކޮށް ކޯޗު ވަނީ އެޗްޑީސީގެ މެނޭޖްމެންޓަށްވެސް ޝުކުރު އަދާކޮށްފައެވެ. މިދިޔަ އަހަރު ސީޒަންގެ އެއް ތަށި ފިޔަވާ ހުރިހާ ތައްޓެއް ނެގީ ކުލަބު އެޗްޑީސީންނެވެ. ކުލަބު އެޗްޑީސީގައި ގައުމީ ލެވެލްގެ ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނޭއިރު ވީއޭއެމްކަޕްގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށް އެ ކުލަބުގެ މެނޭޖުމެންޓުންވެސް ބުނެއެވެ.
މިއަހަރަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ވަނީ ޓްރޭނިން ކޭމްޕްތައްވެސް ބާއްވާފައެވެ. އަދި ކުޅުންތެރިންގެ މެދުގައި ކުޅުން ބަދަހިކުރުމާއި މެންޓަލް ފިޓްނެސް ރަނގަޅުކުރުމަށް އެ ކުލަބުން ވަނީ މަސައްކަތް ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
