
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ބްރެންޓްފޯޑްގެ ފޯވަޑް ބްރަޔަން އެމްބުއޭމޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް އިން 60 މިލިއަން ޕައުންޑަށްުރެ ބޮޑު ހުށައެޅުމެއް ހުށައަޅައިފި އެވެ. އުމުރުން 25 އަހަރުގެ އެމްބުއޭމޯ ހޯދުމަށް މި މަހު އެންމެ ފުރަތަމަ މެންޗެސްޓަރ ޔުނައިޓެޑް އިން ހުށައަޅާފައިވަނީ 45 މިލިއަން ޕައުންޑްގެ އިތުރުން 10 މިލިއަން ޕައުންޑުގެ އެޑްއޮން އެކުލެވޭ ހުށައެޅުމެކެވެ. ނަމަވެސް ބްރެންޓްފޯޑް އިން ވަނީ އެ ހުށައެޅުމަށް ނޫނެކޭ ބުނެފަ އެވެ. ކެމަރޫން އަށް އުފަން އެމްބުއޭމޯ ހޯދުމަށް ޔުނައިޓެޑް އިން މަސައްކަތް ކުރަމުންދާއިރު އޭނާ ޔުނައިޓެޑަށް ބަދަލުވެއްޖެނަމަ އެއީ މި މަހުގެ ތެރޭގައި އެ ކްލަބާއި ގުޅޭ ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޔުނައިޓެޑް އިން ވަނީ ވޮލްވްސްގެ ފޯވަޑް މެތިއުސް ކޫނިއާ އެ ކްލަބަށް ގެންގޮސްފަ އެވެ. ކޫނިއާ ޔުނައިޓެޑާއި ގުޅިފައިވަނީ 62.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ބްރެންޓްފޯޑް އިން އެމްބުއޭމޯ ވިއްކާނީ 60 މިލިއަން ޕައުންޑަށްވުރެ ކުޑަ ނޫން އަދަދަކެށެވެ. އެމްބުއޭމޯ ހޯދުމަށް ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންޝިޕްގެ ކްލަބްތަކުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓޮޓްނަމް ހޯޓްސްޕަރ ހިމެނެއެވެ. މިދިޔަ ސީޒަނުގައި އެމްބުއޭމޯ ވަނީ ބްރެންޓްފޯޑަށް 20 ލަނޑު ޖަހާ އިތުރު 9 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެމްބުއޭމޯ ޔުނައިޓެޑާއި ގުޅުނު ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި އޭނާއަށް ހަތަރު ހަފްތާ އަށް ކްލަބް ފުޓްބޯޅަ އާއި ދުރަށް ދާން ޖެހޭނެ އެވެ. އެއީ އަންނަ ޑިސެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ކެމަރޫންގެ ޓީމުގައި އޭނާ ހިމެނޭނެތީ އެވެ.
އެމްބުއޭމޯ ހޯދުމަށް ޔުނައިޓެޑް އިން މަސައްކަތް ކުރަމުންދާއިރު ޔުނައިޓެޑްގެ އަލެހަންދްރޯ ގަރްނާޗޯގެ މުސްތަގުބަލާއިމެދު މިހާރު ވަނީ އިތުރަށް ސުވާލު އުފެދިފަ އެވެ. މީގެ ކުރިން ގަރްނަޗޯ އަކީ ކޯޗު އަމޮރިމްގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ނޫން ކަމަށާއި އެހެން ކްލަބެއް ހޯދުމަށް އޭނާ ކައިރި އަމޮރިމް ބުނެފައިވާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. ގަރްނާޗޯ ވަނީ ދާދި ފަހުން އޭނާ އާއިއެކު ޔުނައިޓެޑަށް ކުޅުނު މާކަސް ރަޝްފޯޑްގެ ނަން ޖަހާފައިވާ އެސްޓަން ވިލާގެ ޖާޒީއެއް ލައިގެން ނަގާފައިވާ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިޔާއަށް ދޫކޮށްލާފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
