
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަވް ވޯލްޑް ކަޕްގައި ރޭ ބްރެޒިލްގެ ބޮޓަފޮގޯ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް މޮޅުވިނަމަވެސް މުބާރާތުގެ ދެވަނަ ބުރަށް ނުގޮސް އެ ޓީމު ކަޓައިފި އެވެ. ގްރޫޕް އޭ ގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވިއިރު އެތްލެޓިކޯ މެޑްރިޑްގެ އިތުރުން ބޮޓަފޮގޯ އަށްވެސް ވަނީ ޖުމްލަ 6 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ބޮޓަފޮގޯ އަށް ކުރި ލިބިފައިވަނީ ފައިދާ އެއް ގޯލުގެ ސަބަބުންނެވެ. އެތްލެޓިކޯ އަށް ފައިދާ ގޯލެއް ލިބިފައެއް ނެތެވެ. ލޮސް އެޖެލެސްގެ ރޯޒް ބޯލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެންޓޮއިން ގްރީޒްމަން އެވެ.
މި މެޗަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދަން ބޭނުންނަމަ 3 ލަނޑުގެ ތަފާތަކުން މޮޅުވާން ޖެހޭނެކަން އެތްލެޓިކޯ މެޑްރިޑަށް އެނގޭތީ މެޗު ފެށުނީއްސުރެ އެ ޓީމުން މަސައްކަތް ކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުން މި މެޗު ކާމިޔާބު ކުރުމަށެވެ. އެތްލެޓިކޯ މެޑްރިޑް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖުމްލަ 25 ހަމަލައެއް އުފައްދާފައިޥާއިރު އޭގެ ތެރެއިން ފަސް ހަމަލާ ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. މި މެޗުގައި ބޮޓަފޮގޯގެ ގޯލު ކީޕަރު ޖޯން ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތްލެޓިކޯ އަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާތީ ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ ދެވަނަ ހާފުގައި ގްރޭޒްމަން ކުޅެން އަރުވާފަ އެވެ. އަދި އޭނާ ކުޅެން އެރުވުމާއިއެކު އެ ޓީމުން ހަމަލާތައް ވަނީ އިތުރަށް ނުރައްކާތެރިވެފަ އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ބޮޓަފޮގޯ އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕްގެ އެއްވަނަ އަށް ދާ ޓީމެކެވެ. އެއީ އެމެރިކާގެ އިންޓަރ މަޔާމީ ނުވަތަ ބްރެޒިލްގެ ޕަލްމޭރާސް އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
