
(ފޮޓޯ ކްރެޑިޓްސް: ރަސްމާދޫ ކައުންސިލް)
ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ “ރ. ވެޓެރަންސް ފުޓްސެލް މުބާރާތް” އަންނަ މަހު އެކަކަށް ތާވަލުކޮށްފިއެވެ. މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްވާ ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލުގެ ރައީސް މުހަންމަދު އާސިފް ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ ކުރީގެ ކުޅުންތެރިން އަލުން ދަނޑަށް ނެރެ، ކުޅިވަރުގެ ފޯރި ހިފެހެއްޓުންކަމަށެވެ. އޭގެ އިތުރުން މިހާރުގެ ޒުވާނުންނަށް ކުރީގެ ތަރިންގެ ހުނަރުވެރިކަން ދައްކާލާ، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުމަކީ މި މުބާރާތް ބޭއްވުމުގެ މަޤްސަދުތަކުގެ ތެރެއިން މަޤްސަދެކެވެ.
“ކުރީގެ ކުޅުންތެރިން ފުޓްސަލްއެއް ނޫން ކުޅެފަވާނީ. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެކުޅުންތެރިންވެސް މިކުޅިވަރަށް ހާނުވާ އަލުން ދަނޑަށް ނެރެން. އެއީ ވަރަށް ހުނަރުވެރި ބައެއް” މުޅިން އަލަށް ބާއްވަން ތައްޔާރުވަމުން އަންނަ މުބާރާތާ ގުޅޭގޮތުން އާސިފް ވިދާޅުވިއެވެ. އަންނަ ޖުލައިމަހުގެ 1އިން 10އަށް ރަސްމާދޫގައި ކުރިއަށްދާ މިމުބާރާތުގައި ނުވަ ޓީމަކުން ވާދަކުރާނެކަމަށާ، މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށް ކައުންސިލުގެ ރައީސްވަނީ ވިދާޅުވެފައެވެ. “ރ. އަތޮޅުގެ 15 ރަށުން 11 ޓީމެއް މުބާރާތުގައި ބައިވެރިވި. އެހެންނަމަވެސް އެކި ސަބަބަތަކާހުރެ 2 ޓީމަކުންވަނީ ނަން އަނބުރާ ގެނެސްފަ. މުބާރާތަށް ލިބުނު ތަރުހީބު ވަރަށް ބޮޑޭ ދެންނެވޭނީ” އާސިފް ވިދާޅުވިއެވެ.
39 އަހަރުންމަތީގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް 35 އަހަރުންމަތީގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. “ރ. ވެޓެރަންސް ފުޓްސެލް މުބާރާތް 2025” ގެ ޗެމްޕިއަން ޓީމަށް 20،000 (ވިހި ހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ހުށަހެޅިފަވާއިރު ރަނަރަޕް ޓީމަށް 10،000 (ދިހާ ހާސް ރުފިޔާ)ގެ ފައިސާއެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
