
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ކޮންމެ ދެއަހަރަކުން މިނިމަމް ވޭޖު ނުވަތަ ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު މުރާޖަޢާ ކުރަން ޖެހުނު ނަމަވެސް ކުރީ ސަރުކާރުން އެ މަސައްކަތް ކޮށްފައި ނުވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމައި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިނިމަމް ވޭޖާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމައި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި އެންމެ ފުރަތަމަ މިނިމަމް ވޭޖް ކަނޑައަޅުއްވާފައިވަނީ 8 ނޮވެމްބަރު 2021ގައި ކަމަށެވެ. އެހެންކަމުން އެ އަދަދު މުރާޖަޢާ ކުރަން ޖެހޭނީ 8 ނޮވެމްބަރު 2023ގައި ކަމަށާއި ކުރީ ސަރުކާރުން އެ މުއްދަތުގައި މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިނިމަމް ވޭޖުގެ ކަންކަން އިގްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މަތީ ތަޢުލީމާބެހޭ ވުޒާރާއަށް ބަދަލުކުރެއްވުމުން މިނިމަމް ވޭޖް މުރާޖަޢާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް މިނިމަމް ވޭޖް ބޯޑު އެކުލަވާލައި ކުރީގެ ބޯޑުގެ ލިޔެކިޔުންތަކާއި ދިރާސާތައް އެބޯޑާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިނިމަމްވޭޖުގެ ޓެކްނިކަލް މަސައްކަތުގައި އުޅުނު ގިނަ އަދަދެއްގެ މުވައްޒަފުން އެކި ސަބަބުތަކާހުރެ އެ މަސައްކަތާ ދުރަށްގޮސްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އޭގެ ސަބަބުން އެމަސައްކަތަށް ޓެކްނިކަލް ތަޖުރިބާއާއި އެހީތެރިކަން ލިބުމުގައި ދަތިތައް އެބަހުރިކަމަށެވެ. އެހެންކަމުން، ފަންނީ އެހީތެރިކަން ހޯދުމަށް މިނިމަމް ބޭޖް ބޯޑާއި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯ ގުޅިގެން މިހާރު މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.
“މިނިމަން ވޭޖް ކަނޑައެޅުން ފަދަ ޙައްސާސް މަސައްކަތެއް ކުރުމުގައި ރިއާޔަތް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ. އަދި ކަނޑައެޅޭ މިނިމަމް ވޭޖަކީ އޭގެ ބުރަ ނުވަތަ ނޭދެވޭ އަސަރު އިގްތިސާދަށާއި މަސައްކަތްތެރިންނަށާއި މަސައްކަތްތެރިކަމަށް ނުކުރާނެ ގޮތަށް ކަނޑައެޅުމުގެ ޒިންމާ ދައުލަތުގެ މައްޗަށް އޮތް ކަމަކަށްވީހިނދު، ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އަދި ދިރާސާގެ މައްޗަށް ބިނާކޮށް، ކަނޑައަޅަންޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ” މަތީ ތަޢުލީމާއި މަސައްކަތްތެރިކަމައި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އައިއެލްއޯއާ ގުޅިގެން މިނިމަމް ވޭޖް މުރާޖަޢާ ކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި އެންމެ ފަހުގެ ލޭބަރ ފޯސް ސަރވޭ އާއި ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުގެ ސަރވޭ އާއި ބޯހިމެނުމާއި ޤައުމީ އުފެއްދުންތެރިކަންފަދަ ޕްރައިމަރީ ޑާޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ލޭބަރ ފޯސް ސަރވޭ ނިމުމާއެކު ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ލޭބަރ ފޯސް ސަރވޭގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
