Read Time:3 Minute, 6 Second

(ފޮޓޯ ކްރެޑިޓްސް: އެމްޑަބްލިއުއެސްއީ)

 

 

ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ފެން އުފެއްދޭވަރުގެ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓައިފިއެވެ. ރާއްޖޭގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީން އެކްސްގައި ކުރި ޓްވީީޓެއްގައި ހާމަކުރިގޮތުގައި މި އާރުއޯ ޕްލާންޓު މިހާރު ވަނީ މާލޭގައި ބެހެއްޓިފައެވެ. މި ޕްލާންޓު ބެހެއްޓީ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައެވެ. މި ޕްލާންޓާއެކު މިހާރު މާލޭގައި ދުވާލެއްގެ މައްޗަށް 28،000 ޓަނުގެ ފެން އުފެއްދޭނެއެވެ.

 

 

 

 

މާލެ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީއާއެކު ފެން ބޭނުންކުރާ އަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ. އެހެންކަމުން މީގެ ކުރިން މާލޭގައި ދުވާލެއްގެ މައްޗަށް އުފައްދާ ފެނަށް ވަނީ ލޯޑުބޮޑުވެފައެވެ. އެހެންކަމުން މި ޕުލާންޓާއެކީ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ހިދުމަތް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެއެވެ.

 

 

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ފެނުގެ ހިދުމަތް ފެންވަރު ރަނގަޅުކޮށް ރައްޔިތުން ބޭނުންވާ މިންވަރަށް ފެން އުފެއްދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެއިތުރުން ރަށްރަށުގެ ފެން ޕްލާންޓުތައް ނިމިދިޔަ ސަރުކާރުތަކުން މަރާމާތް ނުކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކޮށް އޮޕަރޭޝަނަށް ދަނީ ގެންނަމުންނެވެ. އެގޮތުން ދާދި ފަހުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް، އޮޕަރޭޝަނަށް ވަނީ ގެނެސްފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %