
(ފޮޓޯ ކްރެޑިޓްސް: ހެލްތް މިނިސްޓްރީ)
ވިލިމާލޭގައި 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި، އެ ހޮސްޕިޓަލް ވަގުތީގޮތުން ހިންގުމަށް، ވިލިމާލޭގައި ހުންނަ އަމާން ހިޔާގެ އިމާރާތް ބަދަލު ކުރުމަށް ނިންމައިފިއެވެ. މި އިމާރާތަށް ވިލިމާލެ ހޮސްޕިޓަލް ބަދަލު ކުރުމަށް މިއަަދު ވަނީ ސިއްހީ ވުޒާރާއިން މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާއި ހަވާލުކޮށްފައެވެ. މިކަމުގެ އިތުރު ތަފްސީލެއް އަދި ނޭނގެއެވެ. އަދި ވިލިމާލެ ހޮސްޕިޓަލް ބަދަލު ކުުރުމުގެ ކަންކަން ފަށާނީ ކޮން އިރަކު ކަމެއްވެސް އަދި ނޭނގެއެވެ.
ވިލިމާލާގައި އައު ހޮސްޕިޓަލް ތަރައްގީ ކުރަނީ ޗައިނާ ސަރުކާރުންނެވެ. އެ ހޮސްޕިޓަލުގެ ނަމަކީ “ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް”އެވެ. އަދި އެ ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި ލެޓާ އޮފް އެކްސްޗޭންޖުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވަނީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލެކެވެ. ދެހާސް ހަތާވީސް ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ވިލިމާލޭގައި ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާ ގޮތަށް ކަމުގައި ސިއްހަތާ ބެހޭ ވުޒާރާއިން މީގެކުރިން ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާ ވެސް ރައްޓެހި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
ވިލިމާލެ ހޮސްޕިޓަލަށް މިހާރު 29 އަހަރު ފުރިފައިވާ އިރު، އެންމެ ފުރަތަމަ އެތަން ހިންގަން ފަށާފައި ވަނީ ސިއްހީ މަރުކަޒެއްގެ ގޮތުގައެވެ. އޭރު ތިން ކޮޓަރިއެއްގައި ހަމައެކަނި ރަސްމީ ގަޑިތަކުގައި ހިދުމަތް ދެމުން އައިސް 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދޭން ވަނީ ފަށައިފައެވެ. އަދި މިހާރު ވިލިމާލެ ހޮސްޕިޓަލު ހިންގަމުން އަންނަ އިމާރާތަށް އެތަން ބަދަލުކުރީ 15 އޭޕްރީލް 2002 ގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
