
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކޮށްފައިވަނީ އެމަނިކުފާނުގެ ޓީމުގެ ބޭފުޅުންނާއެކު ބޭއްވި ކެއުމެއްގެ ތެރެއިންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވަނީ މިކަން “ވަގުތު”އަށް ކަށަވަރުކޮށްދެއްވާފައެވެ.
2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ސޯލިހު ވާދަކުރައްވަން ނިންމާފައިވާއިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން ރައްޔިތުންގެ މަޖިލީހު ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.މުހައްމަދު ޝަމްހީދުވެސް ވަނީ މި އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ސޯލިހު އަކީ 2018 އިން 2023 އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހު ވަނީ އިތުރު ދައުރަކަށް ކުރިމަތިލާފައެވެ. ނަމަވެސް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ކާމިޔާބީއެއް ނުލިބުނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ އިންތިހާބު ސޯލިހުއަށް ކާމިޔާބު ނުކުރެވުނު މައިގަނޑު ސަބަބަކީ އެމްޑީޕީ ދެބަޔަކަށް ބެހި ޕާޓީ ތެރެއިން ދި ޑިމޮކްރެޓްސްގެ ނަމުގައި އިތުރު ސިޔާސީ ޕާޓީއެއް އުފެދި މެންބަރުން ބައިބައިވެގެން ދިޔުމެވެ. ނަމަވެސް ކުރިޔަށް އޮތް އިންތިހާބުތަކުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ވަނީ އެމްޑީޕީއާ ގުޅެން ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
