
މެދު އިރުމަތީގެ ގިނަ ގައުމުތަކުގެ ތެލާއި ގޭސް ބޭރުކުރާ މައި ކަނޑުއޮޅި ކަމުގައިވާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި ކަމަށް އިރާނުގެ ޕްރެސް ޓީވީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފި އެވެ. ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނީ، އިޒްރޭލުން އެ ގައުމަށް ދެމުން ދިޔަ ހަމަލާތަކުގެ ތެރެއަށް އެމެރިކާ ވަދެ، އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. އިރާނަށް ދިން ހަމަލާތަކަށް ފަހު އެމެރިކާގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހަމަލާތައް ވަރަށް ކާމިޔާބު ކަމަށް ސިފަކުރަމުން، އިރާނުން އިޒްރޭލަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލާފަ އެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނަސް މި މައްސަލައިގައި ފަހު ބަސް ބުނާނީ އިރާނު ސަރުކާރުންނެވެ. އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ ބައެއް ވެރިންނާ ހަވާލާދީ ކޮންމެ ވަގުތެއްގައި ވެސް އެކަން ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ދުނިޔޭގެ 20 ޕަސެންޓު ތެލާއި ގޭސް ދަތުރުކުރާ މި ކަނޑުއޮޅި ބަންދުކުރުމުގެ ނުރަނގަޅު އަސަރު ކުރާނެ އެވެ. ވަކިން ހާއްސަކޮށް މި ކަނޑުއޮޅި ބޭނުންކޮށްގެން ތެލާއި ގޭސް ބޭރުކުރާ ސައުދީ އަރަބިއާ އާއި ޔޫއޭއީ އާއި އިރާގު ފަދަ ގައުމުތަކަަށް ކުރާ އަސަރު ބޮޑު ވާނެ އެވެ.
އިޒްރޭލުން އިސްވެ ދިން ހަމަލާތަކާ ގުޅިގެން އިރާނުން ވެސް ވަނީ އެ ގައުމުގެ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފަ އެވެ. މި ހަމަލާތަކުގައި އިޒްރޭލަށް މިހާތަނަށް ނުވާ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ހަބަރުތަކުން އަންނަނީ ބުނަމުންނެވެ. އެމެރިކާއިން އިރާނަށް ހަމަލާދިން މައްސަލައިގައި ހުޅަނގުގެ ގިނަ ގައުމުތަކުން އެމެރިކާއާ އެކީގައި އޮތް ކަން ހާމަކޮށް އެ ގައުމަށް ތާއީދުކުރި ނަމަވެސް، މެދު އިރުމަތީގެ ގިނަ ގައުމުތަކުންނާއި ތުރުކީ އާއި ޗައިނާގެ އިތުރުން ރަޝިއާ ފަދަ ގައުމުތަކުން ވަނީ މި ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
