
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ފަހު ސެޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ފަސް ދަންފަޅިއަކަށް ބަހާލައިގެން ވަނީ ކުރިއަށްގެންގޮސްފައެވެ. ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރެއްވުމަށް ބޭއްވި ފަހު ދަންފަޅި ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
“މަތީ އަރުތަވެރިންގެ އިނާމު” ދެއްވުމަށް ބޭއްވި ރަސްމިއްޔާތު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ މިރޭގެ ދަންފަޅީގައި 572 ދަރިވަރަކަށް ވަނީ އިނާމު ދެއްވާފައެވެ. މީގެތެރޭގައި ހިމެނެނީ މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން 10 ވަނަ ޙާސިލުކުރި 42 ދަރިވަރުންނަށާއި 9 ވަނަ ޙާސިލުކުރި 49 ދަރިވަރުންނަށާއި 8 ވަނަ ޙާސިލުކުރި 49 ދަރިވަރުންނަށާއި 7 ވަނަ ޙާސިލުކުރި 51 ދަރިވަރުންނަށާއި 6 ވަނަ ޙާސިލުކުރި 56 ދަރިވަރުންނަށާއި، 5 ވަނަ ޙާސިލުކުރި 41 ދަރިވަރުންނަށާއި 4 ވަނަ ޙާސިލުކުރި 31 ދަރިވަރުންނާއި 3ވަނަ ހާސިލް ކުރި 20 ދަރިވަރުންނާއި 2 ވަނަ ހާސިލް ކުރި 17 އަދި 1 ވަނަ ހާސިލް ކުރި 8 ދަރިވަރުންނެވެ.
މި ރަސްމިއްޔާތުގައި 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނުން އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު، ދުނިޔޭގެ 10 ވަނާގައި ހިމެނުނު 32 ދަރިވަރަކަށް އިނާމު ދެއްވާފައެވެ. އަދި ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން ވަކިވަކި މާއްދާތަކުން އެއްވަނަ ހޯދި 57 ދަރިވަރަކަށާއި، އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު ދުނިޔެއިން އެއްވަނަ ހޯދި ދެ ދަރިވަރަކަށް މި ހަފްލާގައި ވަނީ އިނާމު ހަވާލުކޮށްފައެވެ. މީގެ އިތުރުން ސާނަވީ ތަޢުލީމު އިމްތިހާނުތަކުން ގަދަ 10ގެ 1ވަނަގައި ހިމެނުނު 21 ދަރިވަަރަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.
މި އިނާމުތަކުގެ އިތުރުން ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 85 ދަރިވަރަކަށް ހަދާނީ ލިޔުން މި ރަސްމިއްޔާތުގައި ހަވާލުކުރައްވާފައެވެ. އަދި މަތީ ސާނަވީ ތަޢުލީމު އިމްތިހާނުތަކުން ގަދަ 10ގެ 1ވަނައަށް ހޮވުނު 11 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި އިނާމުވެސް މި ރަސްމިއްޔާތުގައި ހަވާލުކުރެއްވިއެވެ. ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
