
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި ޕައިލެޓް ޕްރޮގްރާމާއެކު ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު %77 އިތުރުވެފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރުވާން ޖެހޭކަން ފާހަގަކުރައްވާފައެވެ. 2024 ވަނަ އަހަރުގެ އިމްތިހާންގައި އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީއަހަރަށްވުރެ 106 ކުދިން އިތުރުވެފައިވާކަމަށެވެ. އަދި ނަތީޖާ މިހާރަށްވުރެ މަތިކޮށް ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކަށް ވަދެވޭ ކުދިންގެ އަދަދު ގިނަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރައްވަމުން ގެންދަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ފެއްޓެވި ޕައިލެޓް ޕްރޮގްރާމް ކާމިޔާބުކަމަށެވެ. އެގޮތުން ސަރުކާރު ސްކޫލްތަކުގައި އޭލެވެލް ކިޔެވި ދަރިވަރުންގެ އަދަދު ކުރިއާއި އަޅާބަލާއިރު %77 އިތުރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. “.މި ފެއްޓި ޕްރޮގްރާމުން ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީއަހަރަށްވުރެ %77 މަތިވެގެންދިޔަ. އަދި ސަރުކާރާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕާއި ޕްރައިވެޓް ސްކޫލްތައް ގުޅިގެން މުޅި ޖުމްލަ އެއްކޮށްލުމުން އޭލެވެލް ކިޔަވާ ކުދިންގެ އަދަދު މުޅި ރާއްޖޭގައި %38 އިތުރުވި.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލްގެ ތައުލީމުން މަހުރޫމްވަމުންދާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރަމުންދަނީ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ސަރުކާރުން ޕައިލެޓްކުރި އޭލެވެލް ފުރުސަތު ފަހިކުރުމުގެ ޕްރޮގްރާމް މި ނިމުނު އޯލެވެލްގެ ބެޗަށް ތައާރަފްކޮށް މާލޭގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މިހާރު ނިންމާފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި މާލެއާއި އަދި ހުޅުމާލޭގެ ސީއެޗްއެސްއީގައި ޖާގަ އެބަހުރިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ސަރުކާރުގެ އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސިޔާސަތު ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި މި 5 އަހަރު ނިމިގެންދާއިރުގައި ކަނޑައެޅިގެން ދިއުންކަމަށްވެސް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
