
(ފޮތޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފިއެވެ. މިއީ މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި ސެންޓަރެކެވެ. މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ. މެޓަބޮލިކް ސެންޓަރުން މެޓަބޮލިކް ޑިސްއޯޑަރއެއް މިސާލަކަށް ހަކުރުބަލި، ކޮލެސްޓްރޯލް ނުވަތަ ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބައްޔެއް ހުރިނަމަ އެކަން މޮނިޓަރކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާކުރާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެޓަބޮލިކް ސެންޓަރުގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. މުޙައްމަދު ވިޝާމް ވިދާޅުވީ، ޑަޔަބެޓިކްސް އެންޑް މެޓަބޮލިކް ޑިސްއޯޑަރ ސެންޓަރ އެއް ހުޅުވަން ނިންމީ ރާއްޖޭގެ ގިނަ ހެލްތް ސެންޓަރުތަކުގައާއި ހޮސްޕިޓަލްތަކުގައި ދެވޭ ފަރުވާ ހޮލިސްޓިކް އެޕްރޯޗްއަކަށް ނުހުންނާތީކަމަށެވެ. މި ސެންޓަރުން ސްޕެސިޕިކް ޑިޒީޒް ކޮންޕްލެކްސްތަކެއް ހުރިތޯ ބަލައި ހުރިހައި ރައްޔިތުންނަށްވެސް އެ ސްޕެސިޕިކް ޑިޒީޒްތައް އެއީ މެޓަބޮލިކް ޑިޒީޒްތަކެއްތޯ ބަލައި ފަރުވާ ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ރެޖިސްޓްރަރ އެއްވެސް މިތަނުގައި ގެންގުޅޭނަން އަދި ސީޖީއެމްއޭ ސިސްޓަމްތަކެއްވެސް މިއަދު އަޅުގަނޑުމެން މި ތައާރަފްކުރީ. ސީޖީއެމް ސިސްޓަމްތަކަކީ ކޮންޓިނިއަސް ބްލަޑް ގްލްކޯޒް މޮނިޓަރިން ސިސްޓަމް. މިއީ ޑަޔަބެޓިކްސްއާއި އަދި ބައެއް ކަހަލަ މުހިންމު ޑައިބެޓިކްސްގެ އުނދަގޫ ހާލަތްތައް ދިމާވެފައި ތިބޭ ބޭފުޅުންނަށް ޓްރީޓްކުރަން ވަރަށް ފަސޭހަ އެއްޗަކަށް މިވަނީ. މިއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ބޭނުމަކަށް މިވަނީ މި ސެންޓަރުގެ.” ޑރ.މުޙައްމަދު ވިޝާމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ސެންޓަރުން ހުރިހައި އުމުރެއްގެ މީހުންނަށްވެސް ޚިދުމަތް ލިބިގެންދާނެއެވެ. މި ސެންޓަރާއިއެކު ވަނީ ޕޭޝަންޓް އެޑިއުކޭޝަން ގައިޑަކާއި އަދި ޑައިބެޓިކް އެޑިއުކޭޝަންއެއްވެސް ތައާރަފްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
