
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮން އަޅާފައި ވަނިކޮށް ޔަހޫދީ އަސްކަރިއްޔާއިން ވެސް އީރާނުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދީިފިއެވެ. ޔަހޫދީ އަސްކަރިއްޔާއިން ބުނީ އީރާނުގެ އެކި ސަރަޙައްދުތަކަށް ޔަހޫދީންގެ 30 އަސްކަރީ ޖެޓު ޙަމަލާތައް ދީފައިވާ ކަމަށެވެ. އެ ޙަަމަލާތަކުގައި އީރާނުގެ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ޔަޒްދުގައި ހުންނަ އިމާމް ޙުސައިން ސްޓްރެޓީޖިކް މިސައިލް ކޮމާންޑް ސެންޓަރަށް ވެސް ގެއްލުން ދީފައިވާ ކަމަށް ޔަހޫދީން ބުނެއެވެ. އެ މަރުކަޒަކީ ޚޮރޮމްޝަހްރު މަރުކާގެ މިސައިލްތައް އީރާނުން ރައްކާ ކޮށްފައި ހުންނަ މަރުކަޒެވެ.
ޔަހޫދީން ނެރުނު ބަޔާނުގައި ބުނީ އީރާނުގެ ބޫޝަހްރަށް ވެސް ޙަމަލާ ދީފައިވާ ކަމަށެވެ. އެ ސަރަޙައްދުންނާއި އަހްޒާޒާއި އަޞްފަހާނުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ ނޫސްތަކުގައި ބުނެފައިވެއެވެ. އަޞްފަހާނަކީ އެމެރިކާއިން ދިން ޙަމަލާގެ އަމާޒެއް ކަމުގައިވި އީރާނުގެ ޔުރޭނިއަމް ބަދަލުކުރާ މަރުކަޒު ހުންނަ ރަށެވެ. މީގެ އިތުރުން ވެސް ޑްރޯން ކޮމާންޑު ސެންޓަރަކާއި މިސައިލް ފޮނުވާ މަރުކަޒަކަށް ޔަހޫދީންގެ ހަނގުރާމަމަތީ ޖެޓުތައް ޙަމަލާ ދީފައިވެއެވެ.
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމުން، އެ ޙަމަލާގެ ރައްދެއްގެ ގޮތުގައި އީރާނުން ވަނީ އޮޕްރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ހަރަކާތެއް ފަށާފައެވެ. ދެ ފަރާތުން ވެސް ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާއިރު ޙާމަލާތަކުގައި މިހާތަށް ޔަހޫދީންގެ 24 މީހުން ވަނީ މަރުވެފައެވެ. އަދި އީރާނުގައި 639އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
